އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުން

އިޢުލާން

 ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުން

       އައްޑޫސިޓީ ހުޅުދޫގައި ޓުއަރިޒަމް ކުރިއަރުވައި އިންވެސްޓަރ ކޮންފިޑެންސް އިތުރު ކުރުމަށާއި، އާއްމު ރައްޔިތުންނާއި މެހުމާނުންގެ ބޭނުންތަކަށް ބީޗް ހެދުމާއި އުމްރާނީގޮތުން ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނައުމަށްޓަކައި ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯދުމަށްޓަކައި ބާއްވާ ބައްދަލުވުން މާދަމާ 21 އޮކްޓޯބަރ 2025 ވާ އަންގާރަ ދުވަހުގެ ރޭ 08:30 ގައި ހުޅުދޫ ކޮމިއުނިޓީ ސެންޓަރ (ކުރީގެ ހުޅުދޫ ސްކޫލް) ގައި އޮންނާނެއެވެ.

       ވީމާ، މި ބައްދަލުވުމަށް ހުޅުދޫ ރައްޔިތުންނާއި އެންމެހާ ސްޓޭކްހޯލްޑަރުންނަށް ދަޢުވަތު އަރުވަމެވެ.

‏28‏ ރަބީޢުލްއާޚިރު‏ 1447

20‏ އޮކްޓޯބަރ‏ 2025

20 އޮކްޓޫބަރު 2025
ހޯދާ