ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ / ފައިނޭންސް ސެކްޝަން

 ވަޒީފާގެ ފުރުޞަތު

 ތާރީޚް

 28 ރަބީޢުލްއާޚިރު 1447

 20 އޮކްޓޫބަރު 2025

 ނަންބަރު

(IUL)179-3.3/179/2025/22

 މަޤާމް:

 ސީނިއަރ އޮފިސަރ /  ފައިނޭންސް ސެކްޝަން

 ވަޒީފާގެ ބާވަތް 

 6 މަސް (ކޮންޓްރެކްޓް)

 މަސައްކަތް ކުރަންޖެހޭ ތަން

 ކޯޕަރޭޓް ސަރވިސަސް / ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

 އަސާސީ މުސާރަ

 -/6,500 ރުފިޔާ އާއި -/8,500 އާ ދެމެދު

 ފިކްސްޑް އެލަވަންސް

 -/5,000 ރުފިޔާ

 ކެޕިޓަލް މާރކެޓް އެލަވަންސް

 ކެޕިޓަލް މާރކެޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 15 އިންސައްތަ

 ޑެއިލީ އެލަވަންސް

 އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/100 ރުފިޔާ

 އިތުރުގަޑީގެ ފައިސާ

 ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 ބޭނުންވާ އަދަދު

 01 (އެކެއް)

 މަޤާމުގެ ޝަރުތު

  • ބިޒްނަސް، ފައިނޭންސް، އިކޮނޮމިކްސް، އެކައުންޓިންގ ނުވަތަ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯރކުގެ ލެވެލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

     ނުވަތަ

  • ބިޒްނަސް، ފައިނޭންސް، އިކޮނޮމިކްސް، އެކައުންޓިންގ ނުވަތަ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯރކުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން

 މައިގަނޑު މަސައްކަތާއި

 ޒިންމާތައް

  • ބަޖެޓް ތައްޔާރުކުރުމާއި މާލީ ހިސާބުތައް ތައްޔާރުކުރުމާ ގުޅޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • ދުވަހުން ދުވަހަށް ތައްޔާރުކުރަންޖެހޭ ބަޖެޓް ރިޕޯޓްތައް އެކުލަވާލުމުގައި އެހީތެރިވެދިނުން.
  • އޮތޯރިޓީއަށް އަންނަ އެންމެހާ ބިލްތަކަށް ފައިސާ ދެއްކުމާއި ފައިސާ ބަލައިގަތުން.
  • ‏އޮތޯރިޓީގެ ޕްރޮކިއުމަންޓް ކަންކަން ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިނުން.
  • އޮތޯރިޓީގެ ފިކްސްޑް އެސެޓްސް ރަޖިސްޓްރީ ބެލެހެއްޓުން.
  • ބައްދަލުވުންތަކާއި އެޕޮއިންޓްމަންޓްތަކާއި އިވެންޓްތައް އިންތިޒާމް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  •  އޮތޯރިޓީގެ ރިކޯޑްސް ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދިނުން

 ޕޮއިންޓް ދޭނެ މިންގަނޑުތައް

  •  ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ 25 އިންސައްތަ)
  • ފައިނޭންސް ދާއިރާގެ މަސައްކަތު ތަޖުރިބާ (ކަނޑައެޅިފައިވާ 15 އިންސައްތަ)
  •  އެސެސްމަންޓް  (ކަނޑައެޅިފައިވާ 15 އިންސައްތަ)
  •  އިންޓަރވިއު (ކަނޑައެޅިފައިވާ 45 އިންސައްތަ)

 އެޕްލިކޭޝަން ސުންގަޑި

  • 04 ނޮވެންބަރު 2025 ގެ 23:59 ގެކުރިން

 ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • އެޕްލިކޭޝަން ފޯމު
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރެޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ، ރާއްޖެއިން ހަދާފައިވާ ކޯހެއްނަމަ އެޓެސްޓް ކޮށްފައިވާ ކޮޕީ )
  • މިހާތަނަށް އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ)

 އިތުރު މަޢުލޫމާތު

  • މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • މި މަގާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ، އެސެސްމަންޓް އަދި އިންޓަވިއުއިން ލިބޭ މާކްސްއަށެވެ.
  • މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 އެޕްލިކޭޝަން ހުށަހެޅުން 

 

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅުއްވުންއެދެމެވެ.

 Application Form 

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014103އަށެވެ.

 

 ނޯޓް: މި މަޤާމަށް އެކަށީގެންވާ ފަރާތެއް ނުލިބިއްޖެނަމަ ވަޒީފާއަށް އެދި ހުށަހަޅުއްވާ   ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ވަޒީފާއަށް   ހަމަޖެއްސުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

20 އޮކްޓޫބަރު 2025
ހޯދާ