ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
އިރުމަތީ ފަރާތު ގޭޓް ހެދުމަށް

ސްކޫލުގެ އިރުމަތީ ފަރާތު ގޭޓް ހެދުމަށް ބޭނުންވެއްޖެ

މި ސްކޫލުގެ އިރުމަތީ ފަރާތު، ފާރުގައި ސުކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ގޭޓެއް ހަދައި ހަރުކުރުމަށް މި ސްކޫލުން ކުރި ނަންބަރު GS52/IUL/2015/30 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވާ ފަރާތްތައް މަދުކަމުން އެއިޢުލާނު ބާޠިލުކޮށް, އަލުން އެފުރުޞަތު ހުޅުވާލި ވާހަކަ ދަންނަވަމެވެ.

ވީމާ، މިދެންނެވި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އަށް މިސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިޔަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ސްކޫލުގެ ނަންބަރު 6800012 ގުޅުއްވުމަށް ދަންނަވަމެވެ.

27 އޮކްޓޫބަރު 2015
ހޯދާ