އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ނީލަން ކިޔުމާގުޅޭ

ގިނަދުވަސްވެފައިވާ ހަރުމުދާ ނީލަން ކިޔުމާގުޅޭ

 

މި އޮފީހުގައި ހުރި ގިނަދުވަސްވެފައިވާ ބައެއް ހަރުމުދާ ނީލަން ކިޔުމަށް ނަންބަރ  (IUL)7-ADMN/1/2025/130 (13 އޮކްޓޫބަރު 2025) އިޢުލާންކޮށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ،  ދެވަނަ ފަހަރަށް އިއުލާން ކުރަމެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމު އުޞޫލުންނެވެ. ނީލަމުގައި ހިމެނޭތަކެތީގެ މައުލޫމާތާއި އިތުރު ތަފްސީލް މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 27 އޮކްޓޫބަރު 2025 ވާ ހޯމަ ދުވަހުގެ 10:00 އަށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް  (ބިއްލޫރިޖެހިގެއަށް ) ވަޑައިގެންދެއްވުން އެދެމެވެ.

ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަސް ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފައިނޭންސް ގެ ބަޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ތަކެތި ނައްތާލެވޭނެއެވެ.

20 އޮކްޓޫބަރު 2025
ހޯދާ