ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ- ލ.ފޮނަދޫ ސިއްޙީ މަރުކަޒު

އިޢުލާނު

 

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-277865

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ސެކްޝަން/ ޔުނިޓް

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޔުނިޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ލ.ފޮނަދޫ ސިއްޙީ މަރުކަޒު

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސް.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.
  5. ސިއްހީދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހެލްތް އެލަވަންސް. ) މުސާރައިގެ 35%)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަސްމީގަޑީގައި އޮފީސް ހުޅުވަންޖެހޭ ގަޑިއަށް އޮފީސް ހުޅުވުމާއި ލެއްޕުން. އަދި ނުރަސްމީގަޑީގައި އޮފީސް ހުޅުވަން ޖެޙޭ ހާލަތް ތަކުގައި އިސްވެރިއެއްގެ ހުއްދައާއެކު ހުޅުވާ ލެއްޕުން.
  2. މުވައްޒަފުންގެ ރަޖިސްޓްރީތައް ބެލެހެއްޓުން.
  3. މުވައްޒަފުންގެ ޙާޟިރީ ކަންތައްތައް ބެލެހެއްޓުމުގެ ކަންތަކުއެހީތެރިވުން
  4. އިދާރީ މުވައްޒަފުންގެ މަސައްކަތް ކުރެވެމުންދާގޮތް ބަލައި ، ސްޕަވައިޒްކުރުން. އަދި ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންތައްތައް ނިންމުމަށް ބާރުއަޅާ އެހީތެރިވުން
  5. ހުރިހާ މުވައްޒަފުންގެ ފައިލްތައް ބެލެހެއްޓުން.
  6. މުވައްޒަފުންނަށް އަންގަންޖެހޭ ލިޔުންތައް އިސްވެރިޔާގެލަފާގެމަތިން އެންގުމާއި، ވަޒީފާ އަދާކުރުމުގައި ފަރުވާ ކުޑަކުރާ މުވައްޒަފުންނަށް އަޅަންޖެހޭ ފިޔަވަޅުތައްއެޅުމަށް އިސްވެރިޔާގެ ލަފާގެމަތިން އަންގަންވާ ފަރާތްތަކަށް އެންގުން.
  7. ހޮސްޕިޓަލަށް ފޮނުވަންޖެހޭ ލިޔެކިއުންތައް އިސްވެރިޔާގެލަފާގެމަތިން ވަގުތުން ވަގުތަށް ފޮނުވުން.
  8. ސިއްޙީ މަރުކަޒުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ކޮންޓްރެކްޓް އާކުރުމުގެ ކަންތައް ކުރުމުގައި އެހީތެރިވުން.
  9. ސިއްޙީ މަރުކަޒުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ޗުއްޓީއަށް އެދުމުން އެކަން ކަމާބެހޭ ފަރާތުގައި ދެންނެވުމާއި ލީވްއެޕްރުއަލް ހޯދުމަށް މަސައްކަތްކުރުން.
  10. ސިއްޙީ މަރުކަޒުގައި ކުރަންޖެހޭ މަރާމާތުތަކާގުޅިގެން ހުށައެޅޭ ލިޔެކިއުންތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވާ އެކަން ކުރެވޭނެމަގު ހޯދުމަށް މަސައްކަތް ކުރުން
  11. އެންޓްރީ ކަންތައްތައް ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ބާރުއަޅާ ބެލެހެއްޓުން.
  12. ސިއްޙީ މަރުކަޒަށް ޒިޔާރަތްކުރާ ޓީމުތަކުގެ މެހެމާންދާރީގެ ކަންތައްތައް ރާވާ އިންތިޒާމުކޮށް އެކަންތައް ކުރިއަށް ގެންދިއުމަށް ބާރުއަޅާ އެހީތެރިވުން.
  13. ސިއްޙީ މަރުކަޒުގެ އެކިއެކި ފަރާތްތަކަށް ފޮނުވޭ ލިޔެކިއުންތަކާއި ، ސިއްޙީ މަރުކަޒަށް އެކިއެކި ފަރާތްތަކުންލިބޭ ލިޔެކިއުންތައް ހަރުދަނާ ގޮތެއްގެމަތިން ފައިލް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި އެކަންކުރިއަށްދާގޮތް ބެލުން އަދި ފައިލް ކުރުމުގައި އެހީތެރިވުން.
  14. ޕަބްލިކް ހެލްތް ޔުނިޓުން ހިންގާ ވޯކްޝޮޕްފަދަ ބައްދަލުވުން ތަކުގައި އެހީތެރިވުން.
  15. ޙާޟިރީ ރިޕޯރޓް ތައްޔާރު ކުރުމުގައި އެހީތެރިވުމާއި ދުވަހުން ދުވަހަށް ފޮނުވުމަށް ބާރުއެޅުން
  16. ދާއިމީ މުވައްޒަފުންގެ ރަޖިސްޓްރީއާ ، ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ޤަވަޢިދުން އަޕްޑޭޓްކޮށް ބަލަހައްޓަމުން ގެންދިއުން 
  17. އާންމުންނަށް ކޮންމެހެން އެގެންޖެހޭ މަޢުލޫމަތުތަކާއި ، ޤަވާއިދުތައް އާންމުންނަށް ފެންނާނެހެން ސިއްޙީ މަރުކަޒުގެ ނޯޓިސްބޯރޑްގައި ބެހެއްޓުމަށް ލަފާދީ އެކަން ކުރިއަށްދާގޮތް ބެލުން.
  18. ޢާއްމުފަރާތްތަކާއި މުވައްޒަފުންނާއި އެހެނިހެ މުވައްސަސާތަކުގެ ވެރިންނަށް މުއާމަލާތްކުރުމުގައި ގެންގުޅެންޖެހޭ ރީތިއުސޫލުތައް ގެންގުޅުމަށް މުވައްޒަފުންނަށް ބާރުއެޅުން.
  19. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާ އެއްބާރުލުން ދަމަހައްޓާ އޮފީސްމާޙައުލަކީ ހިތްހަމަޖެހިގެން މަސައްކަތްކުރާ މާހައުލަކަށް ހެދުމަށް މަސައްކަތް ކުރަމުން ގެންދިއުން
  20. ކުއްލި ނުރައްކަލުގެ ހާލަތާއި ގުދުރަތީ ކާރިޘާގެ ޙާލަތުގައި ކުރަންޖެހޭ ކަންކަމުގައި އެހީތެރިވެދިނުން
  21. އިދާރީ މުވައްޒަފުންގެ މަސައްކަތް ކުރެވެމުންދާގޮތް ބަލައި ، ސްޕަވައިޒްކުރުން. އަދި ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންތައްތައް ނިންމުމަށް ބާރުއެޅާ އެހީތެރިވުން.

 

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ޙާޞިލްކޮށްފައިވުން.

މިމަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ·         އެޑްމިނިސްޓްރޭޝަން
  • ·         ބިޒަނަސް އެޑްމިނިސްޓްރޭޝަން
  • ·         ބިޒަނަސް މެނޭޖްމަންޓް
  • ·         މެނޭޖްމަންޓް
  • ·         ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕްރިފަރޑް ޑިސިޕްލިން ތައް

  • ·         އެޑްމިނިސްޓްރޭޝަން
  • ·         ބިޒަނަސް އެޑްމިނިސްޓްރޭޝަން
  • ·         ބިޒަނަސް މެނޭޖްމަންޓް
  • ·         މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

ކޯ ޑިސިޕްލިން ތައް

ނެތް

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި، ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގެ އިދާރީ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ. https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 އޮކްޓޫބަރު 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގެ އިދާރީ ސެކްޝަނަށް ނުވަތަ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 27 އޮކްޓޫބަރު 2025 އާއި 26 ނޮވެމްބަރު 2025 އާއި ދެމެދު،ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6802655 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) )އިން ލިބެން ހުންނާނެއެވެ.

20 އޮކްޓޫބަރު 2025
ހޯދާ