މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ފެންވަޅު ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުން

ބަނދަރަށް ފެން ފޯރުކޮށްދިނުމަށްޓަކައި މިހާރު ބޭނުންކުރަމުދާ ވަޅުގެ ބަދަލުގައި ނ.ކުޑަފަރީ ކޯދު އިމާރާތުގެ ގޯތިތެރޭގައި 4 ފޫޓު ދިގު 5 ފޫޓުގެ ފުޅާ ފެންވަޅެއް ރާނާ މަތި އަޅައި މިހާރުގެ އޮތް ހޮޅި ލައިނާ ގުޅާދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން، އިއުލާނާއެކު އެއްކަރުދާސްކޮށްފައިވާ އަގު ހުށައަޅާ ފޯމް ފުރިހަމަކުރުމަށްފަހު 2025 އޮކްޓޫބަރު 22 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކައުންސިލް އިދާރާއަށް އަގު ހުށަހަޅައި ދެއްވުން އެދި ދެންނެވީމެވެ. އަގު ހުށައެޅުމަށް ތައްޔާރުކޮށްފައިވާ ފޯމް މި އިއުލާނާއި އެއްކަރުދާސްކޮށް އަދި ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީވަގުތުގައި ކައުންސިލްގެ އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

މި މަސައްކަތަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރައްވައިފައި ވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވާން ތިރީގައި ވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

20 އޮކްޓޫބަރު 2025
ހޯދާ