މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އުޞޫލު ނަންބަރ G-19/2022 (ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު) ގެ ދަށުން ގުޅިފަޅުން ދޫކުރެވިފައިވާ ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކަށް އައު

މި މިނިސްޓްރީގެ ނަންބަރު 49/491/2025/52(IUL) ( 10 ޖުލައި 2025) އިޢުލާނާއާ ހަވާލާދީ ދަންނަވަމެވެ. 

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިލައްވާފައިވާ ފަރާތްތަކަށް އައު ބަންޑާރަ ގޯތީގެ އެއްބަސްވުމާއި ބަންޑަރ ގޯތީގެ ރަޖިސްޓަރީ އާ ޙަވާލުވުމަށް ހުޅުވާލެވުނު ފުރުޞަތު 30 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކުރެވިފައިވާކަމުގައި ދަންނަވަމެވެ. 

އެޕޮއިންޓްމަންޓަށް އެދިލައްވާނީ ހިޔާވަހި ޕޯޓަލް (hiyaavehi.housing.gov.mv) މެދުވެރިކޮށެވެ.  

އެ ޕޮއިންޓްމަންޓްއަށް އެދިލައްވާއިރު އަންނަނިވި ލިޔެކިޔުންތައް "ހިޔާވެހި ޕޯޓަލް" އަށް ހުށަހެޅުމަށް ދަންނަވަމެވެ. 

  1. އައު "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ޙާޟިރުވާނެ 01 (އެކެއް) ފަރާތުގެ އައިޑީ ކާޑު ކޮޕީ. 
  2. ގޯތި ލިބޭ ފަރާތް/ފަރާތަކުގެ ބަދަލުގައި އެހެން ފަރާތަކުން، އެއްބަސްވުމުގައި ސޮއިކޮށް ގޯތީގެ ރަޖިސްޓަރީއާ ޙަވާލުވާނަމަ، ހިޔާވަހި ޕޯޓަލްގައިވާ ޕަވަރަ އޮފް އެޓަރނީގެ ނަމޫނާއާ އެއްގޮތަށް ޝަރުޢީ ކޯޓެއްގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ޕަބްލިކް ނޯޓަރީގެ ކުރިމަތީގައި ސޮއިކޮށްފައިވާ ޕަވަރ އޮފް އެޓަރނީއާއި، އެޓަރނީގެ އައި.ޑީ.ކާޑުގެ ކޮޕީ.
  3. ގޯތި ލިބޭ ފަރާތުން ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގެ ކޮޕީ.
  4. ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ގެ ކޮޕީ.

       އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކާއި، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ޙާޟިރުވާ ފަރާތްތަކަށް އެޕޮއިންޓްމަންޓް ކެންސަލްކުރެވޭނެއެވެ.

  1. ގޯތި ލިބޭ ފަރާތް / ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
  2. ޕަވަރ އޮފް އެޓަރނީގެ ދަށުން ޙާޟިރުވާ ފަރާތެއްނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑު. ޕަބްލިކް ނޯޓަރީގެ ކުރިމަތީގައި ސޮއިކޮށްފައިވާ ޕަވަރ އޮފް އެޓަރނީއެއް ނަމަ، ނޯޓަރައިޒޭޝަން ސެޓިފިކެޓް
  3. ގޯތި ލިބޭ ފަރާތުން ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގެ އަސްލު.
  4. ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ގެ އަސްލު.

އެޕޮއިންޓްމަންޓްއަށް އެދި ހުށަހަޅާ ފަރާތްތަކަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އަދި އެފަރާތްތަކުގެ ފޯނު ނަންބަރަށް އެސް.އެމް.އެސްގެ ޒަރީއާއިން "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" އާއި "ބަންޑާރަ ގޯތީގެ އެއްބަސްވުން" އާއި ޙަވާލުވުމަށް ހާޟިރުވާންޖެހޭ ގަޑި އަދި ތަން އަންގާނެ ކަމުގައި ދެންނެވީމެވެ.

       ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

19 އޮކްޓޫބަރު 2025
ހޯދާ