އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ - ލީގަލް

އިޢުލާން ނަންބަރު: ASND-HCM-IUL-2025-45

މަޤާމް: އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ބާވަތް: ދާއިމީ

ސެކްޝަން: ލީގަލް

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

މަސައްކަތުގެ ގަޑި: 8:00 އިން 16:00

 

މަޤާމުގެ ޝަރުތު:

  1. ޝަރީޢާ އެންޑް ލޯ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
  2. ވަޒީފާއާ ގުޅުންހުރި ދާއިރާއަކުން ލިބިފައިވާ ތަޖުރިބާއަށް އިސްކަންދެވޭނެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޤާނޫނީ ދިރާސާތަކާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ލީގަލް ކައުންސެލްއަށް އެހީތެރިވުން.
  2. އެއްބަސްވުންތައް ޑްރާފްޓްކުރުމަށް އެހީތެރިވުމާއި އެއްބަސްވުން މުރާޖަޢާކުރުން.
  3. ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކާ ބެހޭގޮތުން ޤާނޫނީ ދިރާސާކޮށް، ޤާނޫނީ މެމޯ ތައްޔާރުކުރުން.
  4. ޤާނޫނީ ލިޔެކިޔުންތަކާއި ފައިލްތައް ބެލެހެއްޓުން.
  5. ލީގަލް ކައުންސެލް އަދި މެނޭޖްމަންޓުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  2. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
  3. އެކި މަޢުޟޫއަށް ދިރާސާކުރަން އެނގުން.

 

މުސާރައާއި އިނާޔަތް:

- -/11،200.00 ރުފިޔާ

- ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/50 ރުފިޔާ

- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.

 

ކުރިމަތިލުމުގެ ސުންގަޑި: 26 އޮކްޓޯބަރ 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން.

 

މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި: 

  1. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ. 
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 
  3. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.) 
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން) 

  

ޚާއްޞަ ސަމާލުކަމަށް: 

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.  
  • މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.  

 

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

19 އޮކްޓޫބަރު 2025
ހޯދާ