ދިވެހިރާއްޖެ
ދަނޑުވެރިކަމާއި ޕައުލްޓްރީ ފާމިންއަށް ބިން ކުއްޔަށް ދޫކުރުމާގުޅޭ
ނ.ވެލިދޫ އިން 5111 އަކަފޫޓުގެ ބިމެއް ދަނޑުވެރިކަމާއިޕައުލްޓްރީ ފާމިންއަށް 10 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް08 އޮކްޓޯބަރ 2025ގައި ކުރެވުނު އިޢުލާން ނަމްބަރަށް ((IUL)297/297/2025/62އަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އެއިޢުލާން ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މިބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.
|
|
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
|
މަޢުލޫމާތު ސާފުކުރުން |
ނ.ވެލިދޫ ކައުންސިލް އިދާރާ |
ބުރާސްފަތި |
23 އޮކްޓޯބަރ 2025 |
11:00 |
|
އަންދާސީހިސާބު ހުށަހެޅުން |
ނ.ވެލިދޫ ކައުންސިލް އިދާރާ |
ބުރާސްފަތި |
06 ނޮވެމްބަރ 2025 |
11:00 |
މި މަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ. އަދި މި އިޢުލާނާއިއެކު ދަނޑުވެރިކަމާއި ޕައުލްޓްރީ ފާމިންއަށް ކުއްޔަށް ދޫކުރެވޭ ބިމުގެ ޗާޓް ހިމެނިފައިވާނެއެވެ. މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
27 ރަބީއުލްއާޚިރާ 1447
