ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
މާލެ، ދިވެހިރާއްޖެ
(IUL)25-A5/25/2025/24 :ނަންބަރ
އިޢުލާނު |
|||||||||||||||||||||||||||||
މަޤާމު: |
ޑެޕިއުޓީ ޑެސްކް އޮފިސަރ |
||||||||||||||||||||||||||||
ބޭނުންވާ އަދަދު: |
2 (ދޭއް) |
||||||||||||||||||||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||||||||||||||||||||
މަޤާމުގެ ރޭންކު: |
އެމް.ޕީ.އެސް. 3 |
||||||||||||||||||||||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
ޖެނެރަލް ސަރވިސް |
||||||||||||||||||||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް |
||||||||||||||||||||||||||||
މުސާރަ: |
-/4,465ރ. |
||||||||||||||||||||||||||||
ސަރވިސް އެލަވަންސް: |
-/1,500ރ. |
||||||||||||||||||||||||||||
އެހެނިހެން އެލަވަންސް: |
- ހާޒިރީ އެލަވަންސް: މަސައްކަތަށް ހާޒިރުވާ ރަސްމީ ކޮންމެ ދުވަހަކަށް 250.00ރ. - ސްޕެޝަލް ޑިއުޓީ އެލަވަންސް: 1,563.00ރ. - ސަޕޯޓިންގ ކޯ: 700.00ރ. - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ދެވޭނެއެވެ. - ފޮރިން ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
||||||||||||||||||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- މިނިސްޓްރީގެ ރިސެޕްޝަނާއި ޑިޕާޓްމަންޓް/ޑިވިޜަންތަކަށް އަންނަ ފޯނުކޯލުތަކަށް ޖަވާބުދިނުމާއި މިނިސްޓްރީއަށް ޚިދުމަތްހޯދުމަށް އަންނަފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ކަމާބެހޭ ޑިވިޜަންގެ ސަމާލުކަމަށް ގެނައުން. 2- މިނިސްޓްރީއަށް އަންނަ ލިޔެކިޔުންތައް ކަމާބެހޭ ޑިވިޜަންތަކަށް ފޮނުވުމާއި ޕްރިންޓްކޮށް އެންޓްރީކުރުން. 3- މިނިސްޓްރީއިން އެހެން އިދާރާތަކާއި އަމިއްލަ ފަރާތްތަކަށް ފޮނުވާ ސިޓީ ފަދަ ތަކެތި ފޮނުވުމާއި ރެކޯޑް ބެލެހެއްޓުން. 4- ޑިޕާޓްމަންޓް/ޑިވިޜަންގެ އެންޓްރީ ޝީޓް، ރިޕޯޓް، އަހަރީ ރިޕޯޓް، ކޭސް ރިޕޯޓް، ވަރކް ޕްލޭން، ބަޖެޓަށް ބޭނުންވާ މަޢުލޫމާތު، ޕެންޑިންގ، ފައިލިންގ އަދި ރެކޯޑް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން. 5- ޑިޕާޓްމަންޓް/ޑިވިޜަންގެ ޑެއިލީ އެންޓްރީ ނެގުން އަދި ޔައުމިއްޔާ، ވީކްލީ ރިޕޯޓް އަދި އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުން. 6- ޢިއްޒަތްތެރިން ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ އިންތިޒާމްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން. 7- މިނިސްޓްރީއިން ބޭނުންވާ ހިނދެއްގައި ދިވެހިރާއްޖޭގައި ބާއްވާ އެކިއެކި ޖަލްސާ، ކޮންފަރެންސް، ސެމިނާ، އަދި ވަރކްޝޮޕްތަކުގައި ޕްރޮޓޮކޯލް މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާއެކު ކުރުން އަދި ދިވެހިރާއްޖޭގެ މުހިންމު މުނާސަބަތުތައް ފާހަގަކުރުމުގައި ދިމާވާ ޕްރޮޓޮކޯލްއާ ގުޅޭ ކަންތައްތަކުގައި އެހީތެރިވެދިނުން. 8- މިނިސްޓްރީން ހަމަޖައްސާ އުޞޫލެއްގެ މަތިން، ރާއްޖެއާއި ބެރު ޤައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ސުޕަވައިޒަރަށް އެހީތެރިވުން. 9- މިނިސްޓްރީއިން ކުރާ ކޮންސިއުލަރ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާއެކު ކުރުން. 10- ރާއްޖެއަށް ލިބޭ ކުރު މުއްދަތުގެ ތަމްރީނުތަކާއި ދިގު މުއްދަތުގެ ތަމްރީނުގެ ފުރުޞަތުތައް، ހަމަޖެހިފައިވާ އުޞޫލުގެމަތިން ކަމާބެހޭ އޮފީސްތަކަށް ފޮނުވައި ރެކޯޑްތައް އަދާހަމަކޮށް ބެލެހެއްޓުން. 11- ޤައުމުތަކުގައި ޤާއިމްކުރެވޭ ރާއްޖޭގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލަރ އޮފީސްތަކާއި ރާއްޖޭގައި ޤާއިމްކުރެވޭ ޤައުމުތަކުގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލަރ އޮފީސްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން އަދި އެ ޤައުމުތަކަށް ސަފީރުން ޢައްޔަންކުރުމާއި އެ ޤައުމުތަކުން ސަފީރުން ބަލައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް. 12- ޑިޕާޓްމަންޓް/ޑިވިޜަންގެ އިސްވެރިންގެ ލަފާގެ ދަށުން ބައްދަލުވުންތަކުގައި ބައިވެރިވެ މި ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކުރުން. 13- އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން އެހެން ޑިޕާޓްމަންޓް/ޑިވިޜަންތަކާއި ގުޅިގެން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން. |
||||||||||||||||||||||||||||
މަޤާމުގެ ޝަރުޠުތައް: |
|
||||||||||||||||||||||||||||
މަޤާމުގެ ތަޢުލީމީ ރޮނގުތައް އިންޓަރނޭޝަނަލް ރިލޭޝަންސް، ޕަބްލިކް ޕޮލިސީ، ސޯޝަލް ސައިންސް، ޕޮލިޓިކަލް ސައިންސް، އެކައުންޓިންގ، ފައިނޭންސް، ކޮމަރސް، އިންޓަރނޭޝަނަލް ސައިންސް، ބިޒްނަސް، މެނޭޖްމެންޓް، އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމެންޓް، އެންޓަރޕްރިނިއުޝިޕް، ޖަރނަލިޒަމް، ހިއުމަން ރިސޯސް މެނޭޖްމެންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ލޯ، ޝަރީއާ، މާރކެޓިންގ، އިންޓަރނޭޝަނަލް ލޯ އެންޑް ޕޮލިޓިކްސް، އިކޮމޮނިކްސް، ސޯޝިއޮލޮޖީ، ފޮރިން ޕޮލިސީ ނުވަތަ ޑިޕްލޮމަސީ.
|
|||||||||||||||||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
||||||||||||||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %45 (ސާޅީސްފަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާނަމައެވެ. |
||||||||||||||||||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭ ސުންގަޑި އިތުރުކުރެވޭނެއެވެ. |
||||||||||||||||||||||||||||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭނީ ތަޢުލީމާއި މަސަތްކަތުގެ ތަޖުރިބާ އަދި އެސެސްމަންޓްގެ ނަތީޖާއަށް ބަލައިގެން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތަކެވެ. |
||||||||||||||||||||||||||||
އިމްތިޙާނާއި އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާން، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 1 ނޮވެމްބަރު 2025 އިން 16 ނޮވެމްބަރު 2025 އާ ދެމެދުގެ ދުވަހެއްގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ. ދިމާވާ ޚާއްސަ ހާލަތްތަކާއިގުޅިގެން އިމްތިޙާން، އިންޓަވިއު އަދި ޕްރެޒެންޓޭޝަން ބާއްވާނޭ ތާރީޚަށް ބަދަލެއް އަތުވެއްޖެނަމަ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދުރާލާ މި މިނިސްޓްރީއިން އެކަން އަންގާނެއެވެ. |
||||||||||||||||||||||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" އާންމުކޮށް ފެންނާނޭހެން މި މިނިސްޓްރިގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" ބެލޭނެ ލިންކް: https://foreign.gov.mv/index.php/en/ministry/careers |
||||||||||||||||||||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3023939 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
27 ރަބީއުލްއާޚިރު 1447
19 އޮކްޓޫބަރު 2025