ދިވެހިރާއްޖެ
އިޢުލާން
ޕްރިންޓަރ އަދި ސްކޭނަރ ގަތުމާބެހޭ
މިއިދާރާއަށް ތިރީގައިމިވާ ތަކެތި ގަތުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)426-AB/426/2015/164 އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ ޕްރޮޕޯސަލްތަކުގައި މަޢުލޫމާތު ފުރިހަމަނުވާތީ އެ އިޢުލާނު ބާޠިލުކޮށް، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
- 08 ކުލަ ޕްރިންޓަރ A3 ލޭޒަރޖެޓް
- 07 ޑޮކިއުމަންޓް ސްކޭނަރ
- 05 ނެޓްވޯކް ޕްރިންޓަރ (ލޭޒަރޖެޓް،އޯލްއިންވަން)
ވީމާ، މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 09 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް މި އިދާރާ އަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ މި އިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތަކަށް ޕްރޮޕޯސަލް ހުށަނޭޅުއްވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ޕްރޮޕޯސަލް ބަލައިގަތުމުގެ ސެޝަންގައި ވެސް ބައިވެރިނުވެވޭނެއެވެ.
14 މުޙައްރަމް 1437