ދިވެހިރާއްޖެ
އިއުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މޯލްޑިވްސް މީޓިއޮރޮޮލޮޖިކަލް ސަރވިސް އަށް ތިރީގައި ބަޔާން ކުރެވިފައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް 02 ކޮމްޕިއުޓަރ ސިސްޓަމް (02 ހައި އެންޑް ކޮމްޕިއުޓަރ ސިސްޓަމް) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރި ނުވަތަ ކުންފުނިތަކަށެވެ.
Minimum Requirement |
Feature |
Intel® Xeon® Processor E3-1241 v3 (Quad Core HT 3.50GHz, 3.9Ghz Turbo, 8MB) |
Processer |
16GB (4x4GB) 1600MHz DDR3 RAM |
Memory |
Integrated SATA 3.0 Gb/s Controller supported |
Storage Controller |
2 x 1TB SATA-II Hard Disk Drive, 7200 PRM |
Internal Storage |
DVD Writer 16X |
Optical Drive |
Integrated 10/100/1000Mbps Gigabit Ethernet Controller |
Network |
2 x NVIDIA Quadro 4000 2GB PCI Express 2.0 x16 GDDR5 DVI-I |
Video Card |
4 x 22” OLED display |
Monitor |
2 PCI Express 1 Gen 2 Slot OR 2 PCI Express 16 Gen2 slot (dedicate for graphic card) |
Expansion Slot |
|
Standard I/O Port |
USB keyboard with US layout English (QWERY) |
Keyboard |
USB 2-Bottom Optical Scroll Mouse |
Mouse |
220/240 Ac, 50-60Hz |
Power Supply |
Open SUSE v 13.1 or latest (64Bit) |
Operating System |
Parts Warranty: Minimum 1 Years Services Warranty: Minimum 1 Years |
Warranty |
އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންވީ ތަކެތި:
- ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އޮފީހަށް ތަކެތި ސަޕްލައިކޮށްދެވޭނެެ އަގު ޖީ.އެސް.ޓީ ހިމަނައިގެން
- ސަޕްލައިކޮށްދެވޭނެ މުއްދަތު (ބަންދު ދުވަސްތައް ހިމަނައިގެން)
- ޓެކްނިކަލް ސްޕެސިފިކޭޝަން
- ހުށަހަޅާފައިވާ އަންދާސީހިސާބުގެ ވެލިޑިޓީއަށް މަދުވެގެން 45 ދުވަސް ހިމަނަންވާނެއެވެ.
- ވިޔަފާރި/ކުންފުނީގެ މަޢުލޫމާތު (ވިޔަފާރި/ ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީއެސްޓީ ރަޖިސްޓްރޭޝަން ކޮޕީ، މި މަސައްކަތުގައި ވިޔަފާރި/ ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު، ފޯނު ނަންބަރު)
އަންދާސީހިސާބަށް ޕޮއިންޓް ދެވޭ ގޮތުގެ ތަފުސީލު:
(1) އަގަށް: 80 ޕޮއިންޓް
ހުށަހެޅި އެންމެ ކުޑައަގު 80
(2) މުއްދަތު: 10 ޕޮއިންޓް
ހުށަހެޅުނު އެންމެ ކުރު މުއްދަތު 10
(3) ތަޖުރިބާ: 10 ޕޮއިންޓް
މި ބަޔަށް މާކްސް ދެވޭނީ ގިނަވެގެން 5 ލިޔުމަށް ނުވަތަ މަސައްކަތަށެވެ. ކޮންމެ ލިޔުމަކަށް ނުވަތަ މަސައްކަތަކަށް ދެވޭނީ 2 މާކްސްއެވެ. މާކްސް ދެވޭނީ ގުޅުންހުރި ދާއިރާތަކުން ކޮށްފައިވާ ސަރުކާރު އޮފީސް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތަކަށެވެ.
އަންދާސީހިސާބު ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
- އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް
- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ، ކ.ހުޅުލެ
- "މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް 2 ހައި އެންޑް ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކުރުމާބެހޭ"
- އިޢުލާން ނަންބަރު: MMS-A/2015/22
އަންދާސީހިސާބު ހުޅުވުން:
ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2015 ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2015 ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އޮފީހުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9178798 ނަންބަރު ފޯނަށެވެ.
14 މުޙައްރަމް 1436