ދިވެހިރާއްޖެ
އިޢުލާން
މި ކޯޓަށް ބޭނުންވާ ބައެއް ފޮތްތައް ގަންނަން ބޭނުންވެގެން ކުރެވުނު މި ކޯޓުގެ ނަންބަރު 144-A3/2015/635 (28 ސެޕްޓެންބަރު 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައި ވަނީ 2 ފަރާތް ކަމުގައިވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:30 އަށް ތީމުގޭ އުތުރުން ހަވީރީ ހިނގުމުގައި ހުންނަ ސިވިލްކޯޓު އިމާރާތުގެ ގްރައުންޑް ފްލޯގައިހުންނަ ކައުންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 05 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ތީމުގޭ އުތުރުން ހަވީރީ ހިނގުމުގައި ހުންނަ ސިވިލްކޯޓު އިމާރާތުގެ ގްރައުންޑް ފްލޯގައިހުންނަ ކައުންޓަރަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
12 މުޙައްރަމް 1437