ކޮޅުމަޑުލު ތިމަރަފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ތ. ތިމަރަފުށީ ޞިއްޙީ މަރުކަޒުގެ އެމްބިއުލާންސް މަރާމާތު ކުރުމުގެ މަސައްކަތް

އިޢުލާން

 

ތ. ތިމަރަފުށީ ޞިއްޙީ މަރުކަޒު އެމްބިއުލާންސް ނަމްބަރު : B1A8530 މަރާމާތު ކުރުމާއިބެހޭ

 

             މި މަރުކަޒުގެ އެމްބިއުލާންސް( B1A8530ނަންބަރ) މަރާމާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

             ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، 05 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 13:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓްރީވުން:   23 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން

ބިޑް ހުޅުވުން:    05 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުގެ 13:00 އަށް

ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށް މި އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު 23 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 23 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން [email protected]   އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. އަދި ބީލަމުގައި ރަޖިސްޓަރނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެވެ.

 

19 އޮކްޓޯބަރ 2025

19 އޮކްޓޫބަރު 2025
ހޯދާ