ދިވެހިރާއްޖެ
މިރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް މިކައުންސިލުންކުރި ނަމްބަރ (IUL)325-MS/325/2025/78 ( 28 ސެޕްޓެންބަރ 2025 ) އިޢުލާނާގުޅިގެން ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސް ކުރުމަށް 13 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަންޖެހޭކަމަށް އެއިޢުލާނާއެކު ޢާންމުކުރެވިފައިވާ ބަންޑަރާގޯތި ދޫކުރުމުގެ އުޞޫލްގެ 2025 ގެ 4 ވަނަ މާއްދާގެ ހ ގައިބަޔާބްކޮށްފައިވެއެވެ. އަދި އެމާއްދާގެ ށ ގައި ވާގޮތުގެ މަތިން އެކޮމިޓީއަށް ޢާންމުންގެ ތެރެއިން 3 މެންބަރުން ހޮވުމަށްކަނޑައެޅިފައިވާތީ މިކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.
ވީމާ، 2025 ވަނައަހަރު ގެވަޅުކޮމިޓީއަށް ޢާންމުން ތަމްސީލްކުރާ ފަރާތެއްގެ ގޮތުގައި ކުރިމަތިލެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން ތަޢުލީމީ ފެންވަރު އެނގޭނެ ލިޔުމަކާއެކު 27 އޮކްޓޯބަރ 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލަށް ސިޓީ ފޮނުއްވުންއެދެމެވެ. މިފަހަރު ބަންޑަރަގޯއްޗަށް ކުރިމަތިނުލާ 18 އަހަރު ފުރިފައިވާ ގޮއިދޫގެ ކޮންމެ ރައްވެއްސަކަށްވެސް މިކޮމިޓީއަށް ކުރިމަތި ލެވިދާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.