ދިވެހިރާއްޖެ
އިޢުލާން
މަސްވެރިންގެ ދުވަހަށް ބިނާއެއް ބިނާ ކުރުމާއި ގުޅޭ
2025 ވަނަ އަހަރު ރާއްޖޭގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީން ކަނޑައަޅާފައިވަނީ ރ.ދުވާފަރުގައެވެ. މިގޮތުން ދުވާފަރުގައި ފާހަނގަ ކުރާ މަސްވެރިކަމުގެ ދުވަހާއި ގުޅިގެން ރ.އަތޮޅުގައި ކޮންމެ ރަށެއް ރަމްޒުކޮށްދޭ މޮނިއުމަންޓެއް އެރަށުގައި ބެހެއްޓުމަށް އެރަށު ކައުންސިލުން ވަނީ ފުރުޞަތު ދެއްވާފައެވެ.
- 1. ބިނާގެ ޝަރުތު
- މި މުބާރާތަށް ހުށަހަޅާ ބިނާގެ ފަރުމާއިން ރ. ވާދޫގެ މަސްވެރިކަމުގެ މުއްސަނދި ތާރީޚާއި، ރަށުގެ މާހައުލާއި، ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅި ސިފަކޮށްދޭން ވާނެއެވެ.
- ބިނާގެ ފަރުމާއަކީ ވާދޫ ރަމްޒުކޮށްދޭ ގޮތަށް ފަސޭހައިން ދެނެގަނެވޭނެ އަދި ހިތްގައިމު އަސަރެއް ފޯރުކޮށްދޭނެ ތަނަކަށް ވާން ޖެހޭނެއެވެ.
- މޮނިއުމަންޓް ހެދުމަށް ހޭދަވާ ތަކެތީގެ އަގު 12000 ރުފިޔާއަށް ވުރެ ބޮޑު ވެގެން ނުވާނެއެވެ.
- ބިނާ ހެދުމަށް ބޭނުންކުރެވޭނެ ތަކެއްޗަކީ ފައިބަރު، ސިމެންތި ނުވަތަ އެސް އެސް ދަގަނޑެވެ.
- 2. އެންމެ ރަނގަޅު ހުށަހެޅުން ހޮވާނެގޮތް:
- ހުށަހަޅާ ފަރުމާތައް އިވެލުއޭޓްކޮށް، އެންމެ ރަނަގަޅު ހުށަހެޅުމެއް ކަނޑައަޅާނީ ވާދޫ ކައުންސިލުންނެވެ.
- 3. ހުށައަޅާނެ ގޮތް:
- ހުށަހެޅުން ހުށަހަޅާއިރު މޮނިއުމަންޓް ގެ ކުރެހުން ކުލަ އެނގޭނެ ގޮތަށް ހުށަހަޅަންވާނެއެވެ.
- މޮނިއުމަންޓް ތައްޔާރު ކުރާ މެޓީރިއަލް ލޭބަލް ކުރެވިފައި ހުންނަންވާނެއެވެ.
- ލައިޓް ބޭނުން ކުރާނަމަ ބޭނުން ކުރާ ލައިޓްގެ ބާވަތާއި ކަރަންޓް އަޅަންވީގޮތް ބަޔާން ކޮށްފައި އޮންނަންވާނެއެވެ.
- ހުށަހަޅާ ފަރާތުގެ ނަމާއި ފޯން ނަންބަރު އެނގޭނެހެން އޮންނަން ވާނެއެވެ.
ވީމާ، މޮނިއުމަންޓް ޑިޒައިން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 އޮކްޓޯބަރ 19 ވަނަ ދުވަހުގެ 13:00 ގެ ކުރިން ވާދޫ ކައުންސިލަށް މޮނިއުމަންޓްގެ ޑިޒައިން އީމެއިލް ( [email protected] ) ކުރުމަށް ދަންނަވަމެވެ.
މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.