ދިވެހިރާއްޖެ
އިޢުލާން
ރަށުގައި އުޅޭ ބިދޭސީ މަސައްކަތްތެރީން ނާރެސް ޕޯޓަލްގައި ރަޖިސްޓްރީ ވުމާއިގުޅޭ
އަލިފުށީގައި އުޅޭ ބިދޭސީންގެ މައުލޫމާތު (ބަޔޯމެޓްރިކް ޑާޓާ) އެއްކުރުމުގެ މަސައްކަތް ކުރުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު (IUL)298/298/2024/77 އަދި (IUL)298/298/2024/93 އިއުލާނާއި ގުޅިގެން މިކައުންސިލާއި މަޢުލޫމާތު ހިއްސާ ނުކުރާ ބިދޭސީންގެ މައުލޫމާތު އެޅުމުގެ މަސައްކަތް ، ރަސްމީ ބަންދުނޫން ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހުގެ 11:00 ން 12:00 އަށް ކައުންސިލްއިދާރާގައި ކުރިއަށްދާނެއެވެ.
އެހެންކަމުން ބިދޭސީން ގެންގުޅުއްވާ ފަރާތްތަކުން އެފަރާތްތަކުގެ ހަވާލުގައިވާ، ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ ނެގުމަށް ފޮނުއްވައިދެއްވުން އެދެމެވެ. ބިދޭސީންގެ މައުލޫމާތު ނެގުމަށް ފޮނުއްވާއިރު، އެފަރާތުގެ ޕާސްޕޯޓާއި ވޯކްޕާރމިޓް ހިފައިގެން ދުރުވުމަށް ދަންނަވައިދެއްވުން އެދެމެވެ. އަދި އެއްވެސް ލިޔެކިޔުމެއް ނެތްނަމަވެސް މައުލޫމާތު އަދާހަމަ ކުރުމަށް ފޮނުއްވާދެއްވުން އެދެމެވެ.
ވީމާ، މި ކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
24 ރަބީޢުލްއާޙިރު 1447
16 އޮކްޓޯބަރ 2025