ދިވެހިރާއްޖެ
މިހާރަކަށް އައިސް ގޭގޭގެ ފުރާޅުން މަގުމަށްޗަށް ފެންފަހިވާ ގޮތަށް ހިޔާކުރުމާއި ފުރާޅުގެ ދިޔަދޮވި ކޮޅިތައް މަގުމައްޗަށް ފެންދާ ގޮތަށް ހަދަމުން ގެންދާކަން ފާހަގަ ކުރެވިފައިވެއެވެ. މިކަމަކީ ޤަވާއިދު ނަންބަރ: R-757/2013 (ގޭގޭ ފުރާޅުން މަގު މައްޗަށް އަންނަ ފެން ހިންދުމާއިބެހޭ ޤަވާއިދު) ގެ ދަށުން މަނާކުރެވިފައިވާ ކަމެކެވެ. އަދި މިގޮތަށް ހުރި ތަންތަން ރަނގަޅު ކުރުމަށް މީގެ ކުރިންވެސް ޢާންމުކޮށް އަންގާ އިޢުލާން ކުރެވިފައި ވެއެވެ.
ގޭގޭގެ ފުރާޅާއި ދިޔަދޮވި ފެން މަގުތަކަށް އޮހޭ ގޮތަށް ދޫކޮށްލުމުން މަގުތަކުގައި ފެންބޮޑުވެ، ވަޅުގަނޑުހެދި، ފެން ހިނދުން ލަސްވެ ޢާންމު ރައްޔިތުންނަށް އެތައް ތަކުލީފުތަކެއް ކުރިމަތިވެ ނުރައްކާތެރި އަދި ހިތާމަވެރި ޙާދިޘާތައް ހިނގުމަށް މަގު ފަހިވެގެން ދެއެވެ.
ވީމާ، ޤަވާއިދާ ޚިލާފަށްމަގުމަށްޗަށް ފެން އޮހޭ ގޮތަށް ހުރި ފުރާޅުތަކާއި ދިޔަދޮވި ހޮޅިތައް، މަގުމައްޗަށް ފެން ނުފައިބާ ގޮތަށް ގޯތިތެރެއަށް ބަދަލުކުރުމާއި، ދިޔަދޮވި ނުވަތަ ދިޔަދޮވި ހޮޅިތައް، މަގުމައްޗަށް ފެންދާ ގޮތަށް ހުރި ތަންތަނުގައި ހޮޅިތައް ގޯތިތެރެއަށް ބަދަލުކޮށް ރަނގަޅު ކުރުމަށް ޢަންމުކޮށް އަންގާ ނަސޭހަތްތެރިވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.