މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ގުޅޭގޮތުން ހޭލުންތެރި ކުރުމަށް ތައްޔާރުކުރެވޭ 4 ވީޑިއޯ ސްޕޮޓްސް ހެދުމުގެ މަސައްކަތް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ގުޅޭގޮތުން ހޭލުންތެރި ކުރުމަށް ތައްޔާރުކުރެވޭ 4 ވީޑިއޯ ސްޕޮޓްސް ހެދުމުގެ މަސައްކަތް

01. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ގުޅޭގޮތުން ހޭލުންތެރި ކުރުމަށް ތައްޔާރުކުރެވޭ 4 ވީޑިއޯ ސްޕޮޓްސް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)459-PL/459/2025/51 އިޢުލާން ބާޠިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކުރަމެވެ.

02. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މައުލޫމާތު ޝީޓުގައި ބަޔާންކުރެވިފައިވާނެއެވެ.

03. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 އޮކްޓޫބަރު 20 ވާ ހޯމަ ދުވަހުގެ 10:00 ގެ  ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

04. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2025 އޮކްޓޫބަރު 22 ވާ ބުދަ ދުވަހުގެ 14:00 ގެ  ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

eportal.msfd.gov.mv

މަތީގައިވާ ލިންކް މެދުވެރިކޮށް ބިޑަށް ރަޖިސްޓްރީ ކުރުމަށްފަހު ކުރިމަތި ލާން ބޭނުންވާ އިއުލާން ނަންބަރު ނެގުމަށްފަހު ކުންފުނި އަދި މީހާގެ މަޢުލޫމާތު ފުރިހަމަކޮށް ފޯމް ސަބްމިޓް ކުރުމުން ބިޑަށް ރަޖިސްޓްރީ ކުރެވުނީއެވެ. އަދި އަދި އިޢުލާނާއި ގުޅޭ  އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެވެން ހުންނާނެވެ.

https://myoffice.msfd.gov.mv/forms/id/21

05. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

06. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

07. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 އޮކްޓޫބަރު 27 ވާ އަންގާރ ދުވަހުގެ 10:00ގައެވެ.  

08. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މި ވުޒާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ޕްރޮކިއުމަންޓް ސެކްޝަން،

    އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
    ލޮޓް ނަންބަރ 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ

    ފޯން ނަންބަރު: +960 3013017

    އީމެއިލް:   [email protected]

    ކޮޕީ: [email protected]

16 އޮކްޓޫބަރު 2025
ހޯދާ