ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2025/48 |
ތާރީޚް |
24 ރަބީޢުލްއާޚިރާ 1447 |
|
16 އޮކްޓޯބަރ 2025 |
ކުނިމެނޭޖްކުރާ ސެންޓަރަށް ބޭނުންވާ ޑަސްބިން ގަތުން
މިކައުންސިލުން ރަށުގައި ކުނިމެނޭޖް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާތީ މިމަސައްކަތަށް ބޭނުންވާ ޑަސްބިން ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ،މިދެންނެވި ޑަސްބިންތައް މިކައުންސިލަށް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން އީމެއިލް ކުރެއްވުމަށް ދެންނެވީމެވެ. ހުށަހަޅާ ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީގެ މުއްދަތުހަމަނުވާ ކޮޕީއަކާއި ލިބިފައިވާ ތަޖުރިބާގެ ލިޔުންތައް އެއްކަރުދާސްކުރަންވާނެވެ.
މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް