މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު ލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒެމިނަރުން ހޯދުމާއިބެހޭ

 މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކުރާ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް، ނ. ކެނދިކުޅުދޫއިން ދޫކުރުމަށްޓަކައި ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. މި އިމްތިޙާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތު ތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ. 

އެގްޒަމިނަރުން:

- ބޭނުންވާ ޢަދަދު: 4 (ހަތަރެއް)

ޝަރުތު:

-  A, B, C, D, Gމިއިން ގިންތިއެއްގެ ނުވަތަ ގިންތިތަކުގެ ލައިސަންސް އޮތުން.

- ނިޔަމި ކޯސް ކެޓަގަރީ 1 ނުވަތަ 2 ގެ ސެޓްފިކެޓް ހާސިލްކޮށްފައިވުން.

- ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި  ނުވުން، އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން.

ނޯޓް: އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް/އޮޕްރޭޓް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

އުޖޫރަ:

- ޓެސްޓް ކުރާ ކޮންމެ ކަނޑު އުޅަނދަކަށް -/100 ރުފިޔާ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ކަނޑު އުޅަނދު ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ އެގްޒަމިނަރަކަށްވުމަށް އެދޭ ފޯމް)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

- ޕޮލިސް ރިޕޯޓު (ދޫކުރި ތާރީޚުން ފެށިގެން 3 މަސް ނުވާ)

- ކުށުގެ ރިކޯޑު ފޯމް

- އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކަނޑު ލައިސަންސް ގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ނިޔަމި ކޯސް ސެޓްފިކެޓް ކޮޕީ 

 

ވުމާއެކު، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 އޮކްޓޯބަރ 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި އަދި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ. އެގްޒެމިނަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމް އަދި ކުށުގެ ރިކޯޑް ސާފުކުރާ ފޯމް މި އިޢުލާން އާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ރަސްމީގަޑީގައި ކައުންސިލްގެ ނަންބަރު 6560013 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

15 އޮކްޓޫބަރު 2025
ހޯދާ