މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ގާފަރުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓްދޭނެގޮތުގެ އުސޫލަށް އިސްލާޙެއް ގެނައުން

ކ.ގާފަރުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓްދޭނެގޮތުގެ އުސޫލަށް އިސްލާހް ގެނައުން    

ކ.ގާފަރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު ނަންބަރު (IUL)331-FI/331/2025/69 އިއުލާނާއިއެކު އާއްމުކުރެވިފައިވާ ކ.ގާފަރުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ އުސޫލަށް ތިރީގައިވާ އިސްލާހްތައްވަނީ ގެނެވިފައެވެ.  

  • 7 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރުން

7 ވަނަ މާއްދާ – ގޯއްޗަށް އެދި ހުށަހެޅުން

(ޅ) ގޯއްޗަށް އެދޭ ފަރާތުގެ ހާލަތު ބެލުމުގައި ބަލާނީ ގޯތި ދޫކުރުމަށް އިޢުލާންކުރި ތާރީހާއި ހަމައަށެވެ.

 

  • ޖަދުވަލް 1 "ކ.ގާފަރުން ބަންޑާރަ ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓްދޭނެގޮތުގެ މިންގަނޑު" ގެ 6 ވަނަ މާއްދާ، ޕޮއިންޓް އުނިކުރުމުގެ ބައިގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން

 (ކ) ގޯއްޗަށް އެދޭމީހާގެ އަނބި/ފިރިމީހާއަށް ކ.ގާފަރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗެއް ލިބިފައިވުން ނުވަތަ ނުވަތަ އެގޯތި ވިއްކާލާފައިވުން ނުވަތަ ހިބައިން ނުވަތަ ވަޞިއްޔަތުން ދީފައިވާނަމަ - 40 ޕޮއިންޓް

 

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 އޮކްޓޫބަރު 2025
ހޯދާ