ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ.
ނ.ކުޑަފަރީ ސިއްހީމަރުކަޒުގައި ކުރަންހުރި މިދަންނަވާ މަރާމާތުގެ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކުޑަފަރީ ސިއްހީމަރުކަޒުގައި ބިޑްރަޖިސްޓަރީކޮށް މައުލޫމާތު ސާފުކުރެއްވުމަށްފަހު ނ.ކުޑަފަރީ ސިއްހީމަރުކަޒުގެއިދާރީއޮފީހަށް ބިޑްހުށަހެޅުއްވުން އެދެމެވެ.
ކުރަންހުރި މަރާމާތުގެ މަސައްކަތްތައް:
1 – ނ.ކުޑަފަރީ ސިއްހީމަރުކަޒުގެ ވަށާފާރުގެ މަރާމާތުގެ މަސައްކަތް
2 – ނ.ކުޑަފަރީ ސިއްހީމަރުކަޒުގައި ޑަސްބިން ބަހައްޓާނެ ތަނެއް ހެދުން
3 – ނ.ކުޑަފަރީ ސިއްހީމަރުކަޒުގެ އެމްބިއުލާންސް ގަރާޖު ހިޔާކުރުން
4 – ކުޑަފަރީ ސިއްހީމަރުކަޒުގެ ޕޯޓިކޯ ސީލިންގ ކުރުން އަދި މަރުކަޒުގެ ކުރިމަތީފާރުގެ އާބާތުރަފިލުވުމާއި،މައިދޮރު ބަދަލުކުރުން
ބިޑް ރަޖިސްޓަރީކުރުން |
26 އޮކްޓޫބަރ 2025 ވާ އާދިއްތަ ދުވަހުގެ 10.00 ގެނިޔަލަށް |
މައުލޫމާތު ސާފުކޮށްދިނުން |
27 އޮކްޓޫބަރ 2025 ވާ ހޯމަދުވަހުގެ 10.00 |
ބިޑް ހުށަހެޅުން |
29 އޮކްޓޫބަރ 2025 ވާ ބުދަ ދުވަހުގެ 10.00 |
މިބިޑްރަޖިސްޓަރީކުރުމާއި،މައުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުންނާއި، ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައެއް ނުގަނެވޭނެއެވެ.