އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ މައި އިމާރާތުގެ ލޯންޑްރީއާއި ކުނި އެއްކުރާ ވޯކްވޭ މިދެތަނުގައި 100 މިލިމީޓަރު ބޯމިނުގެ ކޮންކްރީޓް ތަޅުން އަޅައިދޭނެ ފަރާތެއް ހޯދުމަށް

ައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ މައި އިމާރާތުގެ ލޯންޑްރީއާއި ކުނި އެއްކުރާ ވޯކްވޭ މިދެތަނުގައި  100 މިލިމީޓަރު ބޯމިނުގެ ވަރުގަދަކުރެވިފައިވާ (Reinforced concrete) ކޮންކްރީޓް ތަޅުން އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ‏ 15‏ އޮކްޓޯބަރ‏ 2025‏ ، ބުދަ އިން ފެށިގެން ‏ 23‏ އޮކްޓޯބަރ‏ 2025‏ ، ބުރާސްފަތި ވާ ދުވަހުގެ 13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރުމުގައި ސަބްޖެކްޓްއަކަށް މަސައްކަތުގެ ނަން ޖެއްސުވަމަށް ސަމާލުވުން އެދެމެވެ. މެއިލް ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މި ޢިއުލާނާއި ގުޅޭ ލިޔެކިޔުންތައް ރެޖިސްޓަރ ކުރައްވާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން‏ 23‏ އޮކްޓޯބަރ‏ 2025‏ ، ބުރާސްފަތި ވާ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު ‏ 30‏ އޮކްޓޯބަރ‏ 2025‏ ، ބުރާސްފަތި ވަނަ ދުވަހުގެ 10:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

 

 

ރެޖިސްޓްރޭޝަން ލިންކް : https://forms.office.com/r/T1tDUZd6JS

15 އޮކްޓޫބަރު 2025
ހޯދާ