ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޞިއްދީޤްގައި ވިނައިލް އެޅުމުގެ މަސައްކަތަށް ފައިސާ ހަދިޔާކުރުމުގެ ފުރުޞަތު ހުޅުވާލުން.

މި އިޢުލާންވަނީ 15 އޮކްޓޫބަރު 2025 14:06 ގައި ބާތިލް ކުރެވިފައެވެ.


ކުރެންދޫގައި އަލަށް ޢިމާރާތްކުރަމުންދާ މަސްޖިދުލް ޞިއްދީޤްގެ ނަމާދުކުރާބައިގައި، ވިނައިލް އެޅުމަށްޓަކައި ފަންޑް ހޯދުމުގެ މަސައްކަތް މިއިދާރާއިން މިގެންދަނީ ކުރަމުންނެވެ. މިކަމަށް ގާތްގަނޑަކަށް، 638,115.19 (ހަލައްކަ ތިރީސް އަށްހާސް އެއްސަތޭކަ ފަނަރަ ޕޮއިންޓް އެކެއް ނުވައެއް) ރުފިޔާ ޚަރަދުވާނޭ ކަމަށް އަންދާޒާކުރެވެއެވެ.

 

          މިމަޝްރޫއަށް ފައިސާ ހަދިޔާ ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާގެ 1371 ޚަރަދު 2، އެކައުންޓް ނަންބަރު: 004 700333 7705 އަށް ފައިސާ ޖަމާކޮށް ދެއްވުން އެދެމެވެ. އަދި ފައިސާ ޖަމާކުރި ސްލިޕް 7949730 ވައިބަރ ކޮށްދެއްވުން އެދެމެވެ. މީގެ އިތުރުން، މިއިދާރާގެ ރިސެޕްޝަން އޭރިއާގައި ބަހައްޓާފައިވާ ފަންޑް ފޮއްޓަށްވެސް ފައިސާ ހަދިޔާ ކުރެވޭނެއެވެ. އަދި ކުރެންދޫ ކައުންސިލްގެ އިދާރާގެ ރަސްމީ މަސައްކަތު ދުވަހުގެ 10:00 އިން 12:00އަށް މިއިދާރާގެ ކައުންޓަރުންވެސް ފައިސާ ބަލައިގަންނާނެއެވެ. މިމަސައްކަތަށް ބޭނުންވާ ފައިސާގެ ތެރެއިން ލިބެމުންދާ ފައިސާގެ އެހީގެ މިންވަރާއި، އިތުރަށް ބޭނުންވާ  ފައިސާގެ ޢަދަދު، ކުރެންދޫ ކައުންސިލްގެ އިދާރާއިން ކޮންމެ ދުވަހަކުވެސް، އިދާރާގެ ނޯޓީސް ބޯޑުގަޔާއި، މީސްމީޑިއާގެ މަންސަތަކުގައި ޝާޢިޢުކުރަމުން ގެންދެވޭނެއެވެ.

 

          މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

15 އޮކްޓޫބަރު 2025
ހޯދާ