މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި ވުޒާރާއަށް ބޭނުންވާ ސަރވަރ ސަޕްލައިކޮށް މުޅި ސެޓްއަޕް ގާއިމްކޮށްދިނުމާއިގުޅޭ

 މި ވުޒާރާއަށް ބޭނުންވާ ސަރވަރ ސަޕްލައިކޮށް މުޅި ސެޓްއަޕް ގާއިމްކޮށްދިނުމާއިގުޅޭ

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ވުޒާރާއަށް ބޭނުންވާ ސަރވަރ ސަޕްލައިކޮށް މުޅި ސެޓްއަޕް ގާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު (IUL)491-CDS3/491/2025/74 ގެ ސްކޯޕްއަށް ބަދަލުތްކެއް ގެނެވިފައިވާތީ އަލުން އިއުލާން ކުރަމެވެ. ވީމާ، މި ވުޒާރާއަށް ބޭނުންވާ ސަރވަރ ސަޕްލައިކޮށް މުޅި ސެޓްއަޕް ގާއިމްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލަމެވެ.

 

  • އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 20 އޮކްޓޫބަރު 2025ވާ ހޯމަ ދުވަހުގެ މެންދުރު1200ގެ ކުރިން ތިރީގައިވާ އީމެއިލް އެޑުރެސް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

 

 

  • ބީލަންހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 26 އޮކްޓޫބަރު 2025ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

މިމަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް މިވުޒާރާގެ ވެބްސައިޓް www.infrastructure.gov.mv ގައި އަދި މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ
  • އަމީނީ މަގު، މާފަންނު
  • ކ.މާލެ، 20392
  • އީމެއިލް: [email protected]

 

 

 

15 އޮކްޓޫބަރު 2025
ހޯދާ