މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

45 ވަނަ މަސްވެރިންގެ  ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޙަފުލާގައި ދެވޭ އަންނަނިވި އެވޯޑު ތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން މިހާރުވަނީ ހުޅުވައިލެވިފައެވެ.

  • މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވާ، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކިޔޮޅު (35 އަހަރުން ދަށް)؛
  • މިހާރުވެސް މަސްވެރި ކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަންފިޔަވާ، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކިޔޮޅު (35 އަހަރުން މަތި)
  • އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމައްތެރި ފަރުމަސްވެރިޔާގެ އެވޯޑު.

        ވީމާ، މި ތިން އެވޯޑުގެ ތެރެއިން އެވޯޑަކަށް ކުރިމަތި ލުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށައެޅުއްވުން އެދެމެވެ. މިއެވޯޑުތަކަށް ނަން ހުށައަޅާ ފޯމު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ވެބްސައިޓް /https://fisheries.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އަދި މިކައުންސިލްގެ ކައުންޓަރުންވެސް ފޯމު ލިބިވަޑައިގަންނަވާނެއެވެ. ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ 23 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14.00 އެވެ.

15 އޮކްޓޫބަރު 2025
ހޯދާ