މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހޮވާ ކިޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ނަންބަރު: (IUL)303-EDMS/303/2025/67

އިޢުލާން

 

45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހޮވާ ކިޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި

       ފަރުމަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

               2025 ވަނަ އަހަރުގެ މަސްވެރިންގެ  ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޙަފުލާގައި ދެވޭ އަންނަނިވި އެވޯޑު ތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވައިލެވިފައެވެ(.)

މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އިޅޭ، އަދި މަސްވެރިކަން ފިޔަވާ، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކިޔޮޅު (35 އަހަރުން ދަށް)؛

  • މިހާރުވެސް މަސްވެރި ކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަންފިޔަވާ، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާ ކާރު ކިޔޮޅު (35 އަހަރުން މަތި)
  • އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމައްތެރި ފަރުމަސްވެރިޔާގެ އެވޯޑު.

        ވީމާ، މި ތިން އެވޯޑުގެ ތެރެއިން އެވޯޑަކަށް ކުރިމަތި ލުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ދެ މަސްވެރި ކަމުގެ އެވޯޑް މަސްވެރިކަމާއި ބެހޭ މިނިސްޓްރީން ތައްޔާރު ކުރައްވާފައިވާ ދެ ބާވަތުގެ މަސްވެރިކަމުގެ ފޯމު އެ މިނިސްޓުރީގެ ވެބްސައިޓް https://fisheries.gov.mv/އިން ޑައުންލޯޑު ކުރެވެން ހުންނާނެ(.) ފޯމް ފުރިހަމަ ކުރެއްވުމުގެ ސުންގަޑިއަކީ 23 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14.00 އެވެ(.) މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅު ފަރާތަކުން މަސްވެރިކަމާ ބެހޭ މިނިސްޓްރީގެ  ނަންބަރު 3339223 އަދި 3339243 ފޯނު އާއި ގުޅުއްވުންއެދެން(.)

15 އޮކްޓޫބަރު 2025
ހޯދާ