ދިވެހިރާއްޖެ
މި ކައުންސިލަށް ބޭނުންވާ، ޤާނޫނީ ލަފާދިނުމާއި ކައުންސިލްގެ މަސައްކަތްތަކާ ގުޅިގެން، މި ކައުންސިލުން ހަވާލުކުރާ ޤާނޫނީ މަސައްކަތްތައް ކޮށްދިނުމާއި، ކައުންސިލުން ޝަރީޢަތަށް ފޮނުވަންޖެހޭ މައްސަލަތަކާއި، ކައުންސިލްގެ މައްޗަށް ހުށަހަޅާ ދަޢުވާތަކުގައި ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި މި ކައުންސިލް ތަމްސީލުކުރުމާއި އަދި މި ނޫން ވެސް ޤާނޫނީ ގޮތުން ކައުންސިލުން ކުރަންޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. މިބީލަން ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގެ ބާ ކައުންސިލްގައި ލޯ ފާރމްއެއް ނުވަތަ ލީގަލް ޕްރެކްޓިސް އެއްގޮތަށް ދަފުތަރު ކޮށްފައިވާ، އަދި ޤާނޫނުތަކާއި އެއްގޮތަށް މިނިސްޓްރީ އޮފް އިނޮކޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރި ތަކަށެވެ.
މުއާމަލާތް |
ތާރީޚް |
ސުންގަޑި |
ތަން |
ރެޖިސްޓަރ ކުރުން |
19 އޮކްޓޯބަރ 2025 |
12:00 |
- |
ބީލަން ހުށަހެޅުން |
29 އޮކްޓޯބަރ 2025 |
13:00 |
ރ އަތޮޅު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް |
ބީލަން ހުށައެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިބޭފުޅަކީ ކާކުކަން އެނގޭގޮތަށް އެ ބީލަން ހުށައަޅުއްވާ ތަނެއްގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި އަދި ފޮނުއްވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެންދެއްވުންއެދެމެވެ.
_____________________________________________________________
މާޅޮސްމަޑުލު އުތުރުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
މިސްކތް މަގު, ރ. އުނގޫފާރު
ފޯން: 6580027
އީމެއިލް: [email protected]
ވެބްސައިޓް: www.raa.gov.mv