މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތު އެކްސްޕޯ އާއި ގުޅިގެން ބާއްވާ ކުރެހުމުގެ މުބާރާތް

އިޢުލާން

މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން  އަންނަ ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ހެލްތު އެކްސްޕޯގައި ހިންގޭ ހަރަކާތްތަކުގެ ތެރެއިން، 8 އަހަރާއި 12 އަހަރާއި ދެމެދުގެ އުމުރު ފުރައިގެ ކުދިންނަށް، ކުރެހުމުގެ މުބާރާތެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ. އަދި، މިމުބާރާތުގެ ޝިއާރު ތިރީގައި އެވަނީއެވެ.

"ހެލްތީ ބިގިނިންސް – ހޯޕްފުލް ފިއުޗަރސް"

ވީމާ، މިމުބާރާތުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 09 ނޮވެންބަރު 2025 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން މި މިނިސްޓްރީއަށް ކުރެހުންތައް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިމުބާރާތުގައި ބައިވެރިކުރުމަށް ކުރެހުންތައް ހުށަހަޅާނީ A4 ސައިޒަށްވުރެ ކުޑަނޫން އަދި A3 ސައިޒަށްވުރެ ބޮޑުނުވާގޮތަށް ޑްރޯވިންގ ބްލޮކް / ކެންވަސް ގައި ކަމުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ 3014426 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. 

14 އޮކްޓޫބަރު 2025
ހޯދާ