މަޤާމް:
|
އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން
|
މަޤާމުގެ ނަންބަރު:
|
J-408248
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
ޖީ.އެސް. 4
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް / މާލެ
|
ސެކްޝަން/ޔުނިޓް:
|
ޔޫތު ތަރޑް ސްޕޭސް ޔުނިޓް
|
މުސާރަ:
|
މަހަކު 5,020.00 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު 1,500.00 ރުފިޔާ
|
އެހެނިހެން އެލަވަންސް
|
- ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު 700.00 ރުފިޔާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ތަރޑް ސްޕޭސްގެ ޕްރޮގްރާމްތަކާއި، މަސައްކަތްތައް ކުރިއަށްދާ ވަގުތު ތަކުގައި، އައި.ޓީ ސެކްޝަންގެ ފަރާތުން ދޭންވާ، ފަންނީ އެހީތެރިކަން ދިނުން.
- ކޮމްޕިއުޓަރ ސިސްޓަމަށް ދިމާވާ (ސޮފްޓްވެއަރ އާއި ހާޑްވެއަރ) މައްސަލަތައް ހައްލުކުރުމުގެ އެންމެހާ މަސައްކަތްކުރުން.
- މަރާމާތުކުރަންޖެހޭ ކޮމްޕިއުޓަރު ފަދަ ތަކެތި މަރާމާތުކުރުމާއި، އެތަކެތީގެ މަރާމާތާ ބެހޭ މަޢުލޫމާތުތައް ބެލެހެއްޓުން.
- ނެޓްވޯކް ކޭބަލް އެޅުމާއި، ނެޓްވޯކަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ އެންމެހާ ކަންކަން ހައްލުކުރުން.
- އައި.ޓީއާ ގުޅޭ އެންމެހާ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެ، އާ މަޢުލޫމާތު މުވައްޒަފުންނާ ޙިއްސާ ކުރުމުގެ އެންމެހާ ކަންކަން ކުރުން.
- މިނިސްޓްރީއަށް ބޭނުންވާ އައި.ޓީއާ ގުޅޭ ސާމާނުގެ ސްޕެސިފިކޭޝަންސް ތައްޔާރުކުރުމުގައި އެހީތެރިވުން.
- މިނިސްޓްރީގެ އައި.ޓީ މަސައްކަތްކުރައްވާ ބޭފުޅުންނާ، ގުޅިގެން މިނިސްޓްރީގެ ދަށުން މަސައްކަތް ކުރާ އޮފީސްތަކުގެ އައި.ޓީ މަސައްކަތްތައް ކުރިއެރުވުމުގެ އެންމެހާ ކަންކަން ކުރުމުގައި އެހީތެރިވުން.
- މިނިސްޓްރީއަށް އަލަށް ވަންނަ މުވައްޒަފުންނާއި، މިހާރު މިނިސްޓްރީގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނާއިއެކު އައި.ޓީގެ މަޢުލޫމާތުތައް ޙިއްސާ ކުރުމުގެ އެންމެހާ ކަންކަން ކުރުން.
- މުވައްޒަފުން އައި.ޓީއަށް އަހުލުވެރިކުރުމަށްޓަކައި ހިންގޭ ކޯސްތަކުގައި އެހީތެރިވުން.
- ކޮމްޕިއުޓަރާއި، ޕްރިންޓަރ އަދި އެނޫންވެސް، މުވައްޒަފުން އާއްމުކޮށް ބޭނުންކުރުމަށް ހަވާލުކުރެވިފައިވާ އައި.ޓީއާ ގުޅޭ ސާމާނު ބޭނުންކުރަނީ އޭގެ އެންމެ ރަނގަޅު ގޮތުގައިތޯ ބަލާ މުވައްޒަފުންނަށް އެކަންކަމުގެ ލަފަޔާ މަޝްވަރާ ދިނުން.
- އޮފީހުގެ އެކިއެކި ކޮމްޕިޔުޓަރ ސިސްޓަމްތަކާއި، ޕްރިންޓަރތަކާއި، އެހެނިހެން އައި.ޓީ ދާއިރާއާ ގުޅޭ ތަކެއްޗަށް ކުރިމަތިވާ މައްސަލަތައް އޮފީހުގައި ޙައްލުކުރެވެން ހުރިވަރަކުން ޙައްލުކުރުމާއި، ނުކުރެވޭވަރުގެ ކަންތައްތައް އެހެން ސެކްޝަންތަކާ ގުޅިގެން އެކަމާބެހޭ މީހުން ލައްވާ ރަނގަޅުކުރެވޭތޯ ބެލުމުގައި އެހީތެރިވުން.
- އޮފީހުގެ ކޮމްޕިޔުޓަރ ސިސްޓަމްތައް ޗެކްކުރުން.
- މިނިސްޓްރީގެ ދަށުން ހުންނަ އޮފީސްތަކާއި، މުވައްސަސާތަކަށް ފޯރުކޮށްދޭންޖެހޭ އައި.ޓީ ޚިދުމަތް ފޯރުކޮށްދިނުން.
- ކޮންމެ ދުވަހަކު ސެކްޝަން ޔައުމިއްޔާ ލިޔުން.
- ޔުނިޓުގައި ފައިލް ކުރަންޖެހޭ އެންމެހައި ލިޔުންތައް ފައިލްކުރުމާއެކު އެއްއަހަރުން އަނެއް އަހަރަށް ބޭނުންވާ ފައިލްތައް ތައްޔާރުކޮށް އޭގެ ރިކޯޑު ބެލެހެއްޓުން.
- ޔުނިޓުގެ މުވައްޒަފުންގެ ތެރެއިން ސަލާމުގައި ނުވަތަ ޗުއްޓީގައި ތިއްބަވާ މުވައްޒަފުންގެ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.
- އޮފީހުގައި ބޭނުންކުރާ ކޮމްޕިޔުޓަރ ނެޓްވަރކް މެއިންޓެއިންކޮށް ބަލަހައްޓައި އިތުރު ކޮމްޕިޔުޓަރތަކަށް ނެޓްވަރކް ކަނެކްޝަން ދިނުމުގެ މަސައްކަތް ކުރުމުގައި އެހީތެރިވުން.
- ޖެމްސް އިން ނަންބަރު ނެގުމާއި، ޖެމްސް މެދުވެރިކޮށް ސެކްޝަންތަކަށާއި، އެހެނިހެން އިދާރާތަކަށް ފޮނުވަންޖެހޭ ސިޓީ، މެމޯ، ފޯމު ވެރިއެއްގެ ހުއްދައާއެކު ފޮނުވުމުގައި އެހީތެރިވުން.
- މުވައްޒަފެއް ސަލާމް/ޗުއްޓީ އެއްގައި ހުރެއްޖެ ހާލަތެއްގައި ސެކްޝަނާ ޙަވާލުވެ ހުންނަވާ ބޭފުޅެއްގެ އިރުޝާދުގެ ދަށުން އަންގާ މަސައްކަތްތައް ކުރުން.
- އައި.ޓީއާ ގުޅޭ ގޮތުން ޙަވާލުކުރެވިފާއިވާ އެންމެހާ މަސައްކަތްތަކުގެ މަސްދުވަހުގެ ރިޕޯޓު ތައްޔާރުކުރުމުގައި އެހީތެރިވުން.
- ސެކްޝަންގެ ވެރިއަކު އަންގަވާ އޮފީސް މަސައްކަތް ކުރުމާއި، މިނޫނަސް އޮފީހުން ރާވާ އަދި ހިންގާ އެންމެހާ ކަންތައްތަކުގައި ބައިވެރިވެ އެކަންތައްތައް ކުރުން.
- އައި.ޓީ ސެކްޝަނުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަންތައްތައް ރޭވުމާއި، ރާވާގޮތުގެ މަތިން ކަންތައްތައް ހިނގާތޯ ބެލުމުގައި އެހީތެރިވުން.
- މިނިސްޓްރީ އާއި، މިނިސްޓްރީގެ ދަށުން ބަލަހައްޓަމުންގެންދާ އޮފީސްތަކުގެ ކޮމްޕިއުޓަރ ވިއުގަ ބަލަހައްޓާ އަޕްގްރޭޑްތައް ގެނައުމުގެ މަސައްކަތުގައި އެހީތެރިވުން.
- ދިވެހިރާއްޖޭގެ ޤާނޫނާއި، ސިވިލްސަރވިސް ޤަވައިދާ ޚިލާފު ނުވާ މަސައްކަތްތައް އޮފީހުގެ އިސްވެރިން އަންގަވައިފި ހިނދެއްގައި ކުރުން.
- މި މަސްއޫލިއްޔަތުތަކަކީ އެސިސްޓަންޓް ކޮމްޕިއުޓަރ ޓެކްނީޝަންގެ މަޤާމަށް އެކަށީގެންވާ، އަދި މިނިސްޓްރީގެ އައި.ޓީ ސެކްޝަނުގެ މަސައްކަތްތައް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދިއުމަށް މުހިންމު ޒިންމާތަކެވެ. މި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެސިސްޓަންޓް ކޮމްޕިއުޓަރ ޓެކްނީޝަން: ސުޕަރވައިޒަރ އިރުޝާދާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަންވާނެއެވެ.
- އައި.ޓީ ސެކްޝަނުގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރަންވާނެއެވެ.
- އައި.ޓީ ދާއިރާގެ އާ ޓެކްނޮލޮޖީތަކާއި ބެހޭ މަޢުލޫމާތު އަމިއްލައަށް ހޯދައި، އެ މަޢުލޫމާތު މަސައްކަތުގައި ބޭނުންކުރަން މަސައްކަތް ކުރަންވާނެއެވެ.
- މަސައްކަތާ ގުޅޭ ސަލާމަތީ ފިޔަވަޅުތައް އަޅައި، އެހެން މުވައްޒަފުންނަށްވެސް އެކަން އަންގައިދޭންވާނެއެވެ.
- މިނިސްޓްރީގެ ސިއްރު ހިފަހައްޓައި، މަޢުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރަންވާނެއެވެ.
- މަސައްކަތުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރަށް ހުންނަންވާނެއެވެ.
- މަސައްކަތުގެ ފެންވަރު މަތިކުރުމަށް އަބަދުވެސް މަސައްކަތް ކުރަންވާނެއެވެ.
- މި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެސިސްޓަންޓް ކޮމްޕިއުޓަރ ޓެކްނީޝަން އޭނާގެ ޤާބިލުކަމާއި، ހުނަރު ބޭނުންކޮށްގެން މިނިސްޓްރީގެ އައި.ޓީ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރަންވާނެއެވެ. އަދި މިނިސްޓްރީގެ މަޤްޞަދުތައް ޙާޞިލުކުރުމަށް އެހީތެރިވާންވާނެއެވެ.
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
ކޯ ޑިސިޕްލިން
ޕްރިފަރޑް ޑިސިޕްލަން
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ތަޢުލީމާއި މަސައްކަތު ތަޖުރިބާ.
- ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
- މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
މަޤާމަށްއެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 އޮކްޓޫބަރު 21 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް [email protected] މެދުވެރިކޮށެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު،ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިއުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިމްތިހާން އަދި އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން އަދި އިންޓަވިއު އޮންނާނީ، 2025 އޮކްޓޫބަރު 27 އާއި، 2025 ނޮވެންބަރު 26 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓަރ، މަޖީދީމަގު) ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން.
|
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓުގައި އަދި މި މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީގެ އީ-މެއިލް [email protected] މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4000490 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|