ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޝަރުޢީ މައުޛޫނުކަންކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި

ި ކޯޓުގެ ކައިވެނިތައް ކޮށްދޭނެ މައުޛޫނުން ބޭނުންވެގެން ކުރެވުނު ނަންބަރު:Q1C-B/2025/10 (27 ސެޕްޓެމްބަރ 2025) އިއުލާނަށް މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، އެ އިއުލާން ބާޠިލްކޮށް އަލުން ކޮންޓްރެކްޓް އުޞޫލުން މައުޛޫނުކަން ކަންކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

 

ކޯޓު/އިދާރާ:

ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި  މެޖިސްޓްރޭޓް ކޯޓް

އެލަވަންސް:

-/250 ރުފިޔާ (ޢަޤުދު ކޮށްދޭ ކޮންމެ ކައިވެންޏަކަށް)

މަޤާމުގެ ޝަރުތު:

ޝަރުޢީ މަޛޫންކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުން.  

ހުށަހަޅަންޖެހޭ ތަކެތި:

1-      ޝަރުޢީ މަޢުޛޫނު ކަމަށްއެދި ހުށަހަޅާ ފޯމު

2-      ވަނަވަރު

3-      އައިޑީކާޑުގެ ކޮޕީ

4-      ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީ

 

ކައިވެނި ކޮށްދޭންޖެހޭ ގަޑި:

ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައި ކޯޓުން ކޮށްދޭންޖެހޭ ކައިވެނިތައް ކޮށްދިނުމަށް ހަވާލުކުރެވޭނެއެވެ.

ސުންގަޑި:

22 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން.

 

 

 

 

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޝަރުޢީ މަޢުޛޫނުކަމަށް އެދޭ ފޯމު މި ކޯޓުގެ ވެބްސައިޓް https://gdh-madaveli.courts.gov.mv އިން ޑައުންލޯޑް ކުރެވޭނެ.
  •  

 

  • މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާންގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

  • މަޤާމަށް އެދި ފޯމު ހުށަހަޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި މެޖިސްޓްރޭޓް ކޯޓުގެ ރިސެޕްޝަނަށެވެ. ނުވަތަ އީމެއިލް ޒަރީއާއިން ފޯމު ހުށަހަޅާ ނަމަ، މިކޯޓުގެ ރަސްމީ އީމެއިލް [email protected] އަށެވެ.

 

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6840138 އަށެވެ.

 

ނޯޓް: މިހާރު މިކޯޓުގެ ޝަރުޢީ މަޢުޛޫނުންގެ ގޮތުގައި ތިބި ފަރާތްތަކުން ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.

14 އޮކްޓޫބަރު 2025
ހޯދާ