ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަގު ކޮމިޓީގެ މެމްބަރަކަމަށްވުމުގެ ފުރުސަތު ހުޅުވާލުން

އަގު ކޮމިޓީގެ މެމްބަރަކަމަށްވުމުގެ ފުރުސަތު

އިޢުލާން

Q1C-A/2025/11

މަޤާމް: 

އަގުކޮމިޓީގެ މެމްބަރު

ދަފްތަރުގެ މުއްދަތު؛  

ކޮމެޓީ އެކުލަވާލާ ދުވަހުން ފެށިގެން 03 (ތިނެއް) އަހަރު

ބޭނުންވާ އަދަދު:

05

ކުރަންޖެހޭ މަސައްކަތް:

ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެލި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޝަރުޢީގޮތުން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުން.

އުޖޫރައާއި އިނާޔަތްތައް:

މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ) ރުފިޔާ

އަސާސީ ޝަރުތު:

  • ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.
  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • ލިޔަންކިޔަން ދަތުމާއެކު މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ޙާޞިލްވެފައިވުން. ނުވަތަ ލިޔަންކިޔަން ދަތުމާއެކު މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަސައްކަތް ޙަވާލުކުރުން:

ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، ތަނެއްގެ ނުވަތަ އެއްޗެއްގެ އަގުކުރަން ޖެހިއްޖެނަމަ، ޝަރުޢީ އަގުކޮމެޓީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ ތެރެއިން މަދުވެގެން 03 (ތިނެއް) މެމްބަރަކާ މަސައްކަތް ޙަވާލުކުރެވޭނެ. އަދި އަގު ކޮމިޓީގެ މެމްބަރެއްގެ މަސްލަހަތު އޮންނަ މައްސަލަތަކުގައި ކޮމިޓީގެ މެމްބަރުކަން ނުކުރެވޭނެ.

ކޯޓަށް ހުށަހަޅަންޖެހޭ ތަކެތި:

އަގުކޮމެޓީގެ މެމްބަރުކަމަށް އެދޭ ސިޓީ

އައިޑީކާޑުގެ ކޮޕީ

މެންބަރުކަމަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

ސުންގަޑި:

22 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ 13:00

އިތުރު މަޢުލޫމާތު:

ގުޅޭނެ ނަންބަރު: 6840158

އީމެއިލް އެޑްރެސް: [email protected]

14 އޮކްޓޫބަރު 2025
ހޯދާ