ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލްއަށް ލޯޑަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ނަންބަރު: 258/258/2025/78(IUL)

އިޢުލާން

ހަނިމާދޫ ކައުންސިލްއަށް ލޯޑަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ހަނިމާދޫ ކައުންސިލަށް ލޯޑަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންކުރި ނަންބަރު (IUL)258/258/2025/57 ޢިއުލާނަށް ހުށައަޅާފައިވާ ބިޑުގައިވާ މަޢުލޫމާތު ފުރިހަމަ ނުވާތީ، އެޢިއުލާން ބާތިލްކޮށް އަލުން ލޯޑަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދެންނެވިފައިވާ ރެޖިސްޓޭޝަން ލިންކް މެދުވެރިކޮށް ނަންނޯޓްކުރެއްވުން އެދެމެވެ.

ރެޖިސްޓްރޭޝަން ލިންކް: https://forms.office.com/r/hagm2gMrG3

މި އިލާނުގައިވާ މައުލޫމާތު ކަރުދާސް އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ތަފްސީލް

ތާރީޚް

ގަޑި / ތަން

ބީލަމުގައި ރަޖިސްޓީވުން

14 އޮކްޓޯބަރ 2025 އިން 23 އޮކްޓޯބަރ 2025 ގެ ނިޔަލަށް

14 އޮކްޓޯބަރ 2025 އިން 23 އޮކްޓޯބަރ 2025 ގެ 13:00ގެ ނިޔަލަށް އޮންލައިކޮން ލިންކް މެދުވެރިކޮށް

އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން

30 އޮކްޓޯބަރ 2025 (ބުރާސްފަތި)

ހެނދުނު 11:00 / ހދ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާ މާލަމް

އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށައެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައިއެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި މަޢުލޫމާތު ސާފުކޮށް ރަޖިސްޓަރީވި ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

ވިމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އިޙްތިރާމް ގަބޫލުކުރެއްވުން އެދެމެވެ.

22 ރަބީޢުލްޢާހިރު 1447

14 އޮކްޓޯބަރ 2025

14 އޮކްޓޫބަރު 2025
ހޯދާ