ދިވެހިރާއްޖެ
މިއަހަރު ފާހަގަކުރާ 45 ވަނަ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ރ.ދުވާފަރުގައެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދުވާފަރު ކައުންސިލުން ނިއްމާފައިވަނީ ކޮންމެ ރަށްކުންވެސް މަސައްކަތްތެރިންނަށް ޚާއްސަކޮށް މަސްވެރިކަން ރަމްޒުކޮށްދޭ ގިޑިގެއެއް ނުވަތަ މޮނިއުމަންޓެއް ބެހެއްޓުމުގެ ފުރުޞަތު ދިނުމަށެވެ. އަދި އެ މޮނިއުމަންޓް ނުވަތަ ގިޑިގެ އެއީ ކޮން ރަށަކުން ހަދާފައިވާ އެއްޗެއްކަން އެނގޭނެގޮތަށް އެރަށަކަށް ނިސްބަތްވާ ޚާއްސަކަމެއް ނުވަތަ ލިޔުމެއް ބެހެއްޓިދާނެއެވެ.
މިކަމަކީ އަތޮޅުގެ މަސައްކަތްތެރިން ދައްކުވައދޭ ކަމަކަށްވާތީ ގިނަދުވަހު ހުންނަގޮތަށް ހެދުމުގެ ބޭނުމުގައި ހަދަންޖެހޭނީ ފައިބަރުން، ސިމެންތި ނުވަތަ އެސްއެސް ދަނގަޑުންނެވެ. މިކަމަށް ހިނގާ ހުރިހާ ޚަރަދެއް ކުރާނީ ރ. ދުވާފަރު ކައުންސިލުންނެވެ. އަދި ރަށްރަށުން ހަދާ އެއްޗެއް ބެހެއްޓުމަށް ކުރާ ދަތުރު ޚަރަދާއި ހުރުމާއި ކެއުންވެސް ހަމަޖައްސާނީ ދުވާފަރު ކައުންސިލުންނެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވާނީ 6584030 ނަންބަރ 7339830 ވައިބަރ ނަންބަރުންނެވެ. އަދި 2025 އޮކްޓޯބަރ 19 ވަނަ ދުވަހުގެ 14:00 ކުރިން ކުރެހުމާއި އެކު އަގު ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.