ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު ލައިސަންސް ޕްރެކްޓިކަލް އެގްޒަމިނަރުން ހޯދުން

މި ކައުންސިލުން ފޯރުކޮށްދޭ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޕްރެކްޓިކަލް އެގްޒަމިނަރުން ހޯދަން ބޭނުން ވެއެވެ.

 

މަޤާމު:

އެގްޒަމިނަރ

ބޭނުންވާ އަދަދު:

2(ދެއެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (2 އަހަރު)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާ

މުސާރަ:

  1. ޓެސްޓް ކުރާ ކޮންމެ އެއްގަމު ލައިސަންސް A0 ،A1 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ
  2. އެހެނިހެން ކެޓަގަރީގެ ޓެސްޓްކުރާ ކޮންމެ އެއްގަމު އުޅަނދަކަށް -/25 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާނު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ދިނުން.
  2. އިމްތިހާން ކުރިއަށްދާ ވަގުތު އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކައުންސިލުގެ އިންވިޖިލޭޓަރގެ އިރުޝާދުގެ ދަށުން ކުރުން.
  3. އެއްގަމު އުޅަނދުގެ އަމަލީ އިމްތިހާން ދިނުމަށްފަހު އެޕްލިކޭޝަން ފޯމްތައް ފުރިހަމަކޮށް  ކައުންސިލުގެ އިންވިޖިލޭޓަރާއި ދުވަހުން ދުވަހަށް ހަވާލުކުރުން. 

މަޤާމުގެ ޝަރުޠުތައް:

  1. ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރުދުވަސް ވެފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  2. ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަރލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން. އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހެއްކަމުގައި ނުވުން.
  3. އުމުރުން 55 އަހަރު ނުވާ މީހެއްކަމުގައި ވުމާއި، ރަނގަޅު ޞިއްޙަތެއްގައި ހުރުން.
  4. މިއިދާރާގައި ވަޒީފާއަދާކުރާ މުވައްޒަފެއްކަމުގައި ނުވުން.
  5. ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކުރާ މީހެއްކަމުގައި ނުވުމާއި، ވޭތުވެދިޔަ 1 އަހަރުދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން  .

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެގްޒަމިނަރު ވަޒީފާއަށް އެދޭ ފޯމު (މި ފޯމު  މިއިދާރާގެ ކައުންޓަރުންނާއި އިދާރާގެ ވެބްސައިޓުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.haadhaal.gov.mv/7475

  1. އެއްގަމުު ލައިސަންސް ކޮޕީ
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 އޮކްޓޫބަރު 2025 ގެ 14:00 ގެ ކުރިން، ހދ.އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ނަމަ މިއިދާރާގެ [email protected]   އީ-މެއިލް އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6521647،6521689 އަށެވެ. އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

                                  

14 އޮކްޓޫބަރު 2025
ހޯދާ