ދިވެހިރާއްޖެ
`
މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓް
ގާފަރު
ދިވެހިރާއްޖެ
ނަންބަރު: H2C- A/2025/12
އިޢުލާން
ކޯޓޭޝަން ހުށަހެޅުން:
މިކޯޓުގެ ކޯޓު ރޫމްގެ ބެކްޕެނަލް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު ޝީޓާއި ކުރެހުން ރަސްމީ ގަޑީގައި ކޯޓު ލިބެން ހުންނާނެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 އޮކްޓޫބަރު 16 ވަނަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
ކޯޓޭޝަން ހުށަހަޅަނީ ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ އާއި އަމިއްލަ ފަރުދަކުނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ޖީ.އެސް.ޓީއަށް ރަޖިސްޓްރީކޮށްފައިވާނަމަ ޖީ.އެސް.ޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ޙާޟިރުވާނަމަ ސަބަބު ބަޔާންކޮށް މި ކޯޓަށް ސިޓީއަކުން ހުށަހަޅަން ވާނެއެވެ. ކަނަޑައަޅާފައިވާ ވަގުތުގެ ފަހުން ހުށަހާޅާ ކޯޓޭޝަންތައް ބަލައި ނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.
ކޯޓޭޝަން ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި މިކޯޓުގެ ނަންބަރު 6640345 ފޯނަށް ގުޅުއްވުން އެދެމެވެ.
20 ރަބީއުލްއާޚިރު 1447
12 އޮކްޓޫބަރު 2025