ކޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓް ކޯޓް ހިންގުމަށް ވަގުތީ ގޮތުން ޢިމާރާތެއް ކުއްޔަށް ހިފުމަށް އަލުން އިޢުލާނުކުރުން

ކޮޅުމަޑުލު ވަންދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތް އެޅުމަށްޓަކައި ވަންދޫ ކައުންސިލްގެ އިދާރާ މިހާރު ހިންގާ ޢިމާރާތް ހުސްކުރަން ބޭނުންވާތީ ކޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ވަގުތީ ގޮތުން ތ. ވަންދޫއިން އެކަށީގެންވާ ޢިމާރާތެއް ކުއްޔަން ހިފުމަށްޓަކައި ކުރެވުނު އިޢުލާނު ނަންބަރު N7C-A/2025/3 (30 ސެޕްޓެމްބަރ 2025) އިޢުލާނާ ގުޅިގެން ބީލަން ހުށަހެޅި ފަރާތްތަކަށް މަޢުލޫމާތު ދިނުމުގައި އިދާރީ ގޮތުން ބައެއް މައްސަލަތައް ފާހަގަކުރެވިފައިވާތީއާއި، ހުށަހެޅުނު ބީލަމުގެ އަގުތައް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާނު ބާޠިލުކޮށް، މިކަމަށް އަލުން އިޢުލާނު ކުރަމެވެ.

އެހެންކަމުން މި ކޯޓް ހިންގުމަށް ވަގުތީގޮތުން ޢިމާރާތެއް ކުއްޔަށް ދޫކުރަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ފުރުޞަތު އަލުން ހުޅުވާލަމެވެ. މި މަސައްކަތުގެ މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅާ ފޯމް، 22 އޮކްޓޯބަރ 2025 އިން ފެށިގެން ރަސްމީ ގަޑީގައި މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޢާންމުކުރެވިފައިވާނެއެވެ.

މި އިޢުލާނާ ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ޕްރީ-ބިޑް މީޓިންގ)، 20 އޮކްޓޯބަރ 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ކޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. އަދި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 22 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ 11:00 ގައި ކޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. ބީލަން ހުށަހެޅުމަށް ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

14 އޮކްޓޫބަރު 2025
ހޯދާ