މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކަށް ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

ކޮންސަލްޓަންޓް

ސެކްޝަން/ޑިވިޜަން:

ބޭންކްސް އޯފް-ސައިޓް ސުޕަރވިޜަން ސެކްޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

މި މަޤާމަށް ބޭނުންވާ ތަޢުލީމީ ފެންވަރު، ތަޖުރިބާ އަދި ހުނަރު މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މި މަޤާމުގެ މަސްޢޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާނެއެވެ.

މުސާރަޔާއި އިނާޔަތްތައް

40,000.00 - 50,000.00 ރުފިޔާ

މަޤާމް:

ލީގަލް ކައުންސެލް

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ބޭނުންވާ ޢަދަދު

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ޝަރީޢަތާއި ޤާނޫނު، ނުވަތަ ބިޒްނަސް ލޯ ނުވަތަ ލީގަލް ޖޫރިސްޕްރޫޑެންސް ނުވަތަ ލީގަލް ރިސަރޗްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާޞިލް ކޮށްފައިވުމާއެކު ޤާނޫނީ ދާއިރާ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • ޝަރީޢަތާއި ޤާނޫނު، ނުވަތަ ބިޒްނަސް ލޯ ނުވަތަ ލީގަލް ޖޫރިސްޕްރޫޑެންސް ނުވަތަ ލީގަލް ރިސަރޗްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ހާޞިލް ކޮށްފައިވުމާއެކު ޤާނޫނީ ދާއިރާ 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • ދިވެހިރާއްޖޭގެ ބާ ކައުންސިލްގައި ރަޖިސްޓަރވެފައިވާ ފަރާތަކަށްވުން.
  • ޤާނޫނު /ގަވާއިދު ޑްރާފްޓްކުރުމާއި ވަކާލާތުކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އާ ގުޅުންހުރި ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމުގެ މަސައްކަތާއި ޤަވާއިދުތައް ޑްރާފްޓްކުރުމުގެ މަސައްކަތްކުރުން.
  • ޤާނޫނީ ކަންކަމާގުޅޭ ލަފާ ފައިނޭންޝަލް އިންޓެލިޖެންސްގެ ވެރިޔާއަށް އެރުވުން.
  • އެފްއައިޔޫއާ ގުޅުންހުރި ކޮންޓްރެކްޓް، އެމްއޯޔޫ އަދި ޤާނޫނީ ލިޔެކިޔުން ޑްރާފްޓްކުރުމުގެ މަސައްކަތްކުރުން.
  • ކޯޓުތަކާއި އާބިޓްރޭޝަންތަކުގައި އެފްއައިޔޫ ތަމްޞީލްކުރުމުގެ މަސައްކަތްކުރުން.

މުސާރަޔާއި އިނާޔަތްތައް

24,000.00 – 33,700.00 ރުފިޔާ

މަޤާމް:

އޮޑިޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ބޭނުންވާ ޢަދަދު

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • އެކައުންޓިން ނުވަތަ ފައިނޭންސް ނުވަތަ އޮޑިޓިންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާޞިލް ކޮށްފައިވުމާއެކު 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • އެކައުންޓިން ނުވަތަ ފައިނޭންސް ނުވަތަ އޮޑިޓިންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުމާއެކު 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • ޕަބްލިކް ސެކްޓަރ އިދާރާއެއްގެ އިންޓަރނަލް ނުވަތަ އެކްސްޓަރނަލް އޮޑިޓިންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އަހަރީ އެނުއަލް އޮޑިޓް ޕްލޭން ތައްޔާރުކުރުމުގައި އެހީތެރިވުމާއި އޮޑިޓްތަކާއި ކޮންސަލްޓަންސީ އެންގޭޖްމަންޓްތައް ސުޕަވައިޒްކުރުމުގެ އިތުރުން ޚާއްސަ އޮޑިޓްތައް ހިންގުމާއި އެފްއައިޔޫގެ ތަރައްޤީގެ ހަރަކާތްތައް ހިންގުމުގެ މަސައްކަތްކުރުން.

މުސާރަޔާއި އިނާޔަތްތައް

24,000.00 – 33,700.00 ރުފިޔާ

މަޤާމް:

އެނަލިސްޓް

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ބޭނުންވާ ޢަދަދު

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި ދާއިރާއިން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށްވުން.

ގުޅުން ހުރި ދާއިރާތައް

  • އެކައުންޓިންގ
  • ފައިނޭންސް
  • އިކޮނޮމިކްސް
  • ފައިނޭންޝަލް އެނަލިސިސް
  • ފޮރެންސިކް އެކައުންޓިންގ
  • ޑޭޓާ އެނަލިޓިކްސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބޭ ރިޕޯޓުތައް ކަލެކްޓްކޮށް އިވެލުއޭޓްކުރުމާއި އެނަލައިޒްކުރުން.
  • އެނަލިސިސް ޓީމަށް ބޭނުންވާ ސްޓްރެޓަޖިކް، ޓެކްޓިކަލް އަދި އޮޕަރޭޝަނަލް އެނަލިސިސް ރިޕޯޓްތައް ތައްޔާރުކުރުމާއި ޓްރެންޑް އެނަލިސިސް ރިޕޯޓްތައް ތައްޔާރުކުރުން.
  • އެންޓި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމާގުޅުންހުރި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން.

މުސާރަޔާއި އިނާޔަތްތައް

21,500.00 – 30,800.00 ރުފިޔާ

މަޤާމް:

އޮފިސަރ

ސެކްޝަން/ޑިވިޜަން:

ސްޓެޓިސްޓިކަލް އިންފޮމޭޝަން ސިސްޓަމް ސެކްޝަން / ސްޓެޓިސްޓިކްސް ޑިވިޜަން

ބޭނުންވާ ޢަދަދު

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ޖީސީއީ އެޑްވާންސް ލެވެލް 03 މާއްދާއިން  "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން؛ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލު ކުރާ ފެންވަރުގެ ޑިޕްލޮމާއެއް ހާޞިލް ކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި މައިކްރޯސްފްޓް އެކްސެލްއަށް އަހުލުވެރިވެފައިވާ ފަރާތްތަކަށާއި ކޮމްޕިއުޓަރ ޕްރޮގްރާމިންގ އާއި ޑޭޓާބޭސް ޑެވެލޮޕްމަންޓް ފަދަ ޓެކްނޮލޮޖީގެ ދާއިރާއަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އިޤްތިޞާދާއި ގުޅުން ހުރި ތަފާސްހިސާބު (ސްޓެޓިސްޓިކްސް) އެއްކުރުމާއި ތަފާސްހިސާބުގެ ތާވަލްތައް އެކުލަވާލުމާއި ޑޭޓާބޭސްތަކަށް ތަފާސްހިސާބު އެޅުން.
  • އެމްއެމްއޭގެ ވެބްސައިޓްގައި ހިމެނޭ "އެމްއެމްއޭ ސްޓެޓިސްޓިކްސް ޑޭޓާބޭސް" ގެ ތަފާސްހިސާބުތައް  އަޕްޑޭޓް ކުރުމާއި "މަންތްލީ ސްޓެޓިސްޓިކްސް" ތައްޔާރުކުރުން.
  • ތަފާސްހިސާބުތައް ޗެކް ކުރުމާއި ޑޭޓާއަށް އެދޭ ފަރާތްތަކުން ބޭނުންވާ ތަފާސްހިސާބުތައް ތައްޔާރުކުރުން.
  • ޑޭޓާބޭސްތައް ބެލެހެއްޓުމުގެ މަސައްކަތްތަކަށް އެހީތެރިވުމާއި ތަފާސްހިސާބުގެ ޑޭޓާބޭސްތައް އިތުރަށް ތަރައްގީ ކުރުމާއި ގުޅުންހުރި މަސައްކަތް ކުރުމުގައި އެހީތެރިވުން.
  • ޑޭޓާ އެނަލިސިސްކުރުމުގައި އެހީތެރިވެދިނުން.   

މުސާރަޔާއި އިނާޔަތްތައް

12,750.00 – 14,250.00 ރުފިޔާ

 

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ނުވަތަ މާރސްޓަރސް ސެޓްފިކެޓް ލިބިފައި ނުވާނަމަ، ޔުނިވަރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން
  • ޑިގްރީ އަދި މާރސްޓަރސް ސެޓްފިކެޓް އެމްކިއުއޭއިން އެކްރިޑެޓްކޮށްފައި ނުވާނަމަ، އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަންތަނުގެ ރަސްމީ ލިޔުންތައް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުން

ސުންގަޑި

20 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަޑު އަސާސެއްގެ ގޮތުގައި ބަލާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި އިނގިރޭސި ބަހުގެ ނަތީޖާއަށެވެ.

13 އޮކްޓޫބަރު 2025
ހޯދާ