މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ސަރކިއުލަރ

ލިބެންވީ: ޓޫރިސްޓް ގެސްޓްހައުސް ހިންގާ ފަރާތްތައް

މައުޟޫއު:  އިންފޮމޭޝަން ޝީޓު

31 ޑިސެންބަރު 2014 ގައި ނެރެފައިވާ ސަރކިއުލަރ ނަންބަރު 220-TSP/CIR/2014/13 (އިންފޮމޭޝަން ޝީޓު ހުށަހެޅުން) އާ ހަވާލާދީ ދަންނަވަމެވެ.

ހަވާލާދީފައިވާ ސަރކިއުލަރގައިވާ ގޮތުގެ މަތިން، ޓޫރިސްޓް އެސްޓެބްލިޝްމަންޓްތައް ހިންގާ އެންމެހައި ފަރާތްތަކުން އެ ތަނެއްގައި ތިބޭ ގެސްޓުންގެ މަޢުލޫމާތު ހިމެނޭ އިންފޮމޭޝަން ޝީޓެއް މީރާއަށް ހުށަހަޅަންޖެހެއެވެ. އެހެން ނަމަވެސް، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް 1 ނޮވެންބަރު 2015 ގައި ޢަމަލުކުރަން ފެށުމާއެކު، ގެސްޓްހައުސް ހިންގާ ފަރާތްތަކުން މި އިންފޮމޭޝަން ޝީޓު މީރާއަށް ހުށަހަޅާކަށްނުޖެހޭނެއެވެ.

އެހެންކަމުން، ގެސްޓްހައުސް ހިންގާ ފަރާތްތަކުން ނޮވެންބަރު 2015 އިން ފެށިގެން މީރާއަށް އިންފޮމޭޝަން ޝީޓު ހުށަހަޅާކަށް ނުޖެހޭނެއެވެ. ގެސްޓްހައުސް ހިންގާ ފަރާތްތަކުން އެންމެ ފަހުން ހުށަހަޅަންޖެހޭނީ އޮކްޓޫބަރު 2015 ގެ އިންފޮމޭޝަން ޝީޓެވެ. މި އިންފޮމޭޝަން ޝީޓު 8 ނޮވެންބަރު 2015 ގެ ކުރިން މީރާއަށް ހުށަހަޅަންޖެހޭނެއެވެ.

މީގެ އިތުރުން، ގެސްޓްހައުސްތަކުން ޓޫރިސްޓުންގެ އަތުން "ގްރީން ޓެކްސް" ނަގާކަށް ނުޖެހޭނެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު، މި އޮތޯރިޓީން 15 އޮކްޓޫބަރު 2015 ގައި ނެރެފައިވާ ސަރކިއުލަރ ނަންބަރު 220-TP/CIR/2015/14 އިން ލިބިވަޑައިގަންނަވާނެއެވެ. 

އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

20 އޮކްޓޫބަރު 2015
ހޯދާ