ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ވަރކް ޕަރމިޓްތަކާއި މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުމުގައި ވަޒީފާދޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، 13 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން ވަރކް ޕަރމިޓާ ގުޅުންހުރި ފީތަކާއި ޖޫރިމަނާތައް ވަގުތުން ދެއްކުމަކާ ނުލައި، އެ ފީތައް ފަހުން ދައްކައި ޚަލާޞްކުރާނެ ކަމަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމަށްފަހު، ވަރކް ޕަރމިޓްތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
މި ގޮތުގެ މަތިން ބާޠިލުކުރެވޭ ވަރކް ޕަރމިޓްތަކުގެ ކޯޓާ ސްލޮޓް ރިލީޒްކުރެވޭނީ، އެ ޕަރމިޓަކާ ގުޅިގެން ދައްކަންޖެހޭ އެންމެހައި ފީތަކާއި ޖޫރިމަނާތައް ފުރިހަމައަށް ދައްކައި ޚަލާޞްކުރުމުން ކަމުގައި ދެންނެވީމެވެ.
މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ޑިޕާޓްމަންޓް އޮފް ފޮރިން ލޭބަރގެ ހެލްޕް ސެންޓަރގެ ނަންބަރު 1485 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް އެދި ދަންނަވަމެވެ.
ވީމާ، މި ކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.
21 ރަބީޢުލްއާޚިރު 1447