ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްކޮލަރޝިޕްގެ ފުރުޞަތު

(UNESCO)Madanjeet Singh Center for South Asia Water Management.

Moratuwa University 2015/2016

ޤައުމު: ސްރީލަންކާ

ކޯހުގެ އަދަދު: 01

ކޯހުގެ މުއްދަތު: 01 އަހަރު

މަރުކަޒު: ޔުނިވަރސިޓީ އޮފް މޮރަޓުވާ، ޑިޕާޓްމަންޓް އޮފް ސިވިލް އިންޖިނިއަރިންގ

މާސްޓަސް އޮފް ސައިންސް އިން ވޯޓަރ ރިސޯސް އިންޖިނިއަރިންގ އެންޑް މެނޭޖްމަންޓް

ކޯހުގެ ނަން އަދި ލެވަލް:

1. ސްރީލަންކާގެ ޔުނިވަރސިޓީ އޮފް މޮރަޓުވާގެ ބެޗްލަރސް އޮފް ސައިންސް އިން އިންޖިނިއަރިންގ ނުވަތަ މިއާ އެއްފެންވަރެއްގެ ބެޗްލަރސް ޑިގްރީއެއް ކޯހާގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން. ނުވަތަ

2. ރިކޮގްނައިޒްޑް ޕްރޮފެޝަނަލް އިންޖިނިއަރިންގ އިންސްޓިޓިއުޓެއްގެ އެސޯސިއޭޓް މެމްބަރޝިޕެއް 15 ނޮވެންބަރު 2015 ގެ ނިޔަލަށް މަދުވެގެން 1 އަހަރު ދުވަހު އޮތުން. އަދި

3. ބެޗްލަރސް ޑިގްރީ ފުރިހަމަކޮށްފައިވަނީ އިނގިރޭސި މީޑިއަމުން ނޫން ކަމުގައި ވަނީނަމަ TOEFL ގެ މަދުވެގެން ޕޭޕަރ ބޭސްޑް ޓެސްޓުން 500 އިން ފެށިގެން މަތި ނުވަތަ، 173 ކޮމްޕިއުޓަރ ބޭސްޑް ޓެސްޓުން ލިބިފައިވުން. ނުވަތަ، 61 އިންޓަރނެޓް ބޭސްޑް ޓެސްޓުން ލިބިފައިވުން. ނުވަތަ  IELTS އިން 5.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން. ނުވަތަ މިއާ އެއްފެންވަރެއްގެ އިމްތިޙާނަކުން ފާސްވެފައިވުން.

މި ސްކޮލަރޝިޕަށް ހުށަހަޅާ ހުރިހާ ފަރާތްތަކުންވެސް، މަތީގައި ބަޔާންކުރެވިފައިވާ ޝަރުޠުތަކުގެ އިތުރުން ތިރީގައި މިވާ ޝަރުޠުތައްވެސް ފުރިހަމަ ވާންވާނެއެވެ.

1. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 15 ނޮވެންބަރު 2015 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން.

   ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން

   ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން

   ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން.

   ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މި ޝަރުޠު ފުރިހަމަވާކަށްނުޖެހޭނެއެވެ. އަދި

2. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއްކަމުގައިވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މިއިޢުލާންގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުންނެވެ.

ކޯހުގެ ޝަރުޠުތައް:

  • މިއީ ޔުނެސްކޯ މަދަންޖީތު ސިންގ އިންސްޓިޓިއުޓް ފޮރ ސައުތު އޭޝިއަން ވޯޓަރ މެނޭޖްމަންޓް ((UMCSAWM ހުޅުވާލާފައިވާ ފުރުޞަތެކެވެ. މި ސްކޮލަރޝިޕް ސްކީމުގެ ދަށުން ނޮމިނޭޓްކުރެވޭ ކެންޑިޑޭޓުންގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ކޯހުގެ ފުރުޞަތު ދެއްވާފައިވާ ފަރާތުންނެވެ.
  • މި ސްކޮލްރޝިޕްގެ ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ.
  • މިކޯސް ފެށުމަށް ހަމަޖެހިފައިވަނީ 2016 ވަނަ އަހަރުގެ ޖަނަވަރީމަހުއެވެ.
  • މިކޯހަށް ހުށަހަޅާ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓަކު ހޮވުމުގައި ބެޗެލަރސް ޑިގްރީ ނިންމުމަށްފަހު ރާއްޖެއަށް ޚިދުމަތްކޮށްފައިވާ މުއްދަތަށް ބެލެވޭނެއެވެ.
  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، ކިޔަވަން އެދި ހުށަހަޅާ ލެވެލްގެ ކޯހެއް ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެ ކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި ކިޔަވަން އެދޭ ކޯހާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަކުރަމުންދާ ދަރިވަރެއްކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މި ކޯހަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ޑިޕްލޮމާ/ބެޗެލަރސް ޑިގްރީ ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ އާންމުކޮށް މި ޑިޕާޓްމަންޓް ބަލައި ގްރޭޑިންގ ސްކީމާ ތަފާތުނަމަ، ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިންގ ސްކީމް ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މި ޑިޕާޓްމަންޓް ބަލަމުންގެންދާ އުސޫލުގެ މަތިންނެވެ. މި ޑިޕާޓްމަންޓުން ޕޮއިންޓް ދޭގޮތް މި ޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • ޑިޕްލޮމާ އިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ޑިސްކޮލިފައިކުރެވޭނެއެވެ.
  • ތަޢުލީމީ ސެޓުފިކެޓުތައް (ޑިޕްލޮމާ އަދި އެއަށްވުރެ މަތީ) ވާންޖެހޭނީ MQA އިން ވެލިޑޭޓް ކުރެވިފައެވެ.  އަދި ބެޗެލަރސް ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ، އެ ކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް އެކްރިޑިޓޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ އަދި އެ އޮތޯރިޓީން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑްކުރެވޭނެއެވެ. އަދި ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި މިބޮންޑުގެ ދަށުން ސަރުކާރަށް ޚިދުމަތްކުރަންވާނެއެވެ.
  • މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައިކުރެވޭ ކެންޑިޑޭޓުން، މި ޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުން ކޮލިފައިކުރެވިދާނެއެވެ.
  • ބައިލެޓްރަލް އެހީގެ ދަށުން ރާއްޖެއަށް ލިބެމުންދާ ސްކޮލަރޝިޕްތަކަށް މި ޑިޕާޓްމަންޓުން ކެންޑިޑޭޓުން ނޮމިނޭޓް ކުރެވުނު ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ދިމާވާ އެއްވެސް މައްސަލައެއްގައި ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން އެފުރުޞަތު ނުވަތަ އޭގެ ބަދަލުގައި އެހެން ފުރުޞަތުތަކެއް އެ ދަރިވަރަކަށް ހޯދައިދޭ އުސޫލެއް ނޯންނާނެކަމުގައި ދަންނަވަމެވެ.
  • މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަންގެ ދަށުން ނޮމިނޭޓްވާ ކެންޑިޑޭޓަކު ސްކޮލަރޝިޕް ދޫކޮށްލައިފިނަމަ، "މަތީތަޢުލީމާއި ތަމްރީނަށް ސަރުކާރުގެ އެހީގައި ނުވަތަ ސަރުކާރު މެދުވެރިވެ ސްކޮލަރޝިޕް އެހީއާއި ލޯން އެހީގައި ދާ ފަރާތްތަކުން ފުރުޞަތު ދޫކޮށްލުމުން ނުވަތަ ކޯސް ފުރިހަމަ ނުކުރުމުން ފަދަ ސަބަބުތައް މެދުވެރިވުމުން ދަރިވަރުން ބްލެކްލިސްޓް ކުރުމާބެހޭ އުސޫލު" ގެ ދަށުން ބްލެކްލިސްޓް ކުރެވޭނެއެވެ.
  • މިކޯހަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ލިސްޓް، ނޮމިނޭޝަން ހެދުމަށްފަހު މިޑިޕާޓްމަންޓްގެ ވެބްސައިޓް:www.dhe.gov އަށް އަޕްލޯޑް ކުރެވޭނެއެވެ.
  • މިކޯހާބެހޭ އިތުރު މަޢުލޫމާތު މިޑިޕާޓްމަންޓުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

 

 

 

 

އިތުރު މަޢުލޫމާތު:

  • މި ޑިޕާޓްމަންޓްގެ އެޕްލިކޭޝަން ފޯމު އަދި އެފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި އަދި ޔުނިވަރސިޓީ އޮފް މޮރަޓުވާގެ އެޕްލިކޭޝަން ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، އެމީހަކު ވަޒީފާ އަދާކުރާ ސަރުކާރު އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ނުވަތަ ލޯފާމަކުން ތައްގަނޑުޖެހި އަސްލު. (އެޓެސްޓް އޮރިޖިނަލް) އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭންކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މި ޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
  • ސަރުކާރަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއް އޮތް މީހަކު ނަމަ، އެތަނުން އެ މީހަކު މި ކޯހަށް ދޫކުރާނެ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުމަށްފަހު ޝަރުޠުގައި ބާޔާންކޮށްފައިވާ މުއްދަތަށް 15 ނޮވެންބަރު 2015 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، ޚިދުމަތްކުރި މުއްދަތު ބަޔާންކޮށް ޚިދުމަތްކުރި ފަރާތުން ދީފައިވާ ލިޔުން.
  • ބެޗެލަރސް ޑިގްރީ ފުރިހަމަކޮށްފައިވަނީ އިނގިރޭސި މީޑިއަމުން ނޫންކަމުގައި ވަނީނަމަ TOEFL ގެ މަދުވެގެން ޕޭޕަރ ބޭސްޑް ޓެސްޓުން 500 އިން ފެށިގެން މަތި ނުވަތަ، 173 ކޮމްޕިއުޓަރ ބޭސްޑް ޓެސްޓުން ލިބިފައިވުން. ނުވަތަ، 61 އިންޓަރނެޓް ބޭސްޑް ޓެސްޓުން ލިބިފައިވުން. ނުވަތަ، IELTS އިން 5.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވާކަން އަންގައިދޭ ލިޔުން ނުވަތަ، މިއާ އެއްފެންވަރެއްގެ އިމްތިޙާނަކުން ފާސްވެފައިވާކަން އަންގައިދޭ ލިޔުން.
  • ރިކޮގްނައިޒްޑް ޕްރޮފެޝަނަލް އިންޖިނިއަރިންގ އިންސްޓިޓިއުޓެއްގެ މެމްބަރެއް ކަމުގައި ވަނީނަމަ އެކަން އަންގައިދޭ ލިޔުން (މުއްދަތު އެނގޭނެހެން) .
  • ހާސިލުކޮށްފައިވާ މަތީ ތަޢުލީމުގެ ހުރިހާ ސެޓުފިކެޓުތަކެއްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ނުވަތަ ލޯފާމަކުން ތައްގަނޑުޖެހި އަސްލު.
  • ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ޑިސްކޮލިފައިކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 15 ނޮވެންބަރު 2015 (އާދީއްތަ) ދުވަހުގެ 13:30ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މިޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ.

ކޯހަށް އެދޭ، އެޕްލިކޭޝަން ފޯމު ހެނދުނު 8.30 އިން މެންދުރުފަހުގެ 13:30 އަށް ވެލާނާގޭގެ 02 ވަނަ ފަންގިފިލާގައި ހުންނަ މި ޑިޕާޓްމަންޓްގެ ކައުންޓަރުންނާއި އަދި މި ޑިޕާޓްމަންޓްގެ ވެބްސައިޓުން www.dhe.gov.mv ލިބެން ހުންނާނެއެވެ.  އިތުރު މަޢުލޫމާތު 3341371 އިން ލިބިވަޑައިގަންނަވާނެއެވެ.

20 އޮކްޓޫބަރު 2015
ހޯދާ