މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކ.ހުރާއިން ގޯތި ދިނުމުގެ އުޞޫލަށް ގެނެވުނު ދެވަނަ އިސްލާޙް
                                މާލެއަތޮޅު ހުރާ ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ބިމުގެ ސަރަޙައްދުން ދިރިއުޅުމަށްޓަކައި ހުރާގެ އަލަށް ހިއްކި ބިމުން ގޯތި ދޫކުރުމަށް ޢަމަލު ކުރާނެ ގޮތް ބަޔާންކުރާ އުޞޫލު ނަމްބަރު: GU/334/2025/01 އަށް ގެނެވުނު ދެވަނަ އިސްލާޙް މި އިޢުލާނާއިއެކު ޢާންމު ކުރަމެވެ.
އިސްލާޙް ގެނެވިފައިވަނީ ގޯތިދިނުމުގެ އުޞޫލުގެ ޖަދުވަލު 1 ގެ 5 ވަނަ މާއްދާގެ (ހ) އަދި 6 ވަނަ މާއްދާގެ (ރ) އަށެވެ.
އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
             13 އޮކްޓޫބަރު 2025
            
        
                    ހޯދާ  
                
                