ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ މެއި/ޖޫންގައި ބޭއްވުނު ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގެ ރީޗެކް ނަތީޖާ ދޫކުރުން

އިޢުލާން

2025 ވަނަ އަހަރުގެ މެއި/ޖޫންގައި ބޭއްވުނު ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގެ ރީޗެކް ނަތީޖާ ދޫކުރުން:

2025 ވަނަ އަހަރުގެ މެއި/ޖޫން މަހު ބޭއްވުނު އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގެ ރީޗެކް ނަތީޖާ 2025 އޮކްޓޫބަރު 13 ވާ ހޯމަ ދުވަހުން ފެށިގެން މި ޑިޕާޓްމަންޓްގެ ކައުންޓަރުން ދޫކުރަމުންދާނެ ވާހަކަ ދަންނަވަމެވެ.

ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:30 އަށެވެ. ނަތީޖާ ބަލާ ވަޑައިގަންނަވާއިރު، ކެންޑިޑޭޓުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު/ކާޑުގެ ފޮޓޯއެއް އަދި ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

21 ރަބީޢުލް އާޚިރު 1447

13  އޮކްޓޫބަރު  2025

13 އޮކްޓޫބަރު 2025
ހޯދާ