ނޭކުރެންދޫ ސްކޫލް
ދިވެހިރާއްޖެ
ފާޚާނާއެއް އިމާރާތްކޮށްދޭނޭ ފަރާތެއް ހޯދަން

މިމަދަރުސާގައި ފާޚާނާއެއް އިމާރާތްކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިމަދަރުސާއިން ދޭ ކުރެހުންތަކާއި، ޓެކްނިކަލް ސްޕެސިފިކޭޝަނާއި ކޮންޓްރެކްޓް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިމަދަރުސާގައި ފާޚާނާއެއް ހަދައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުން އޮންނާނީ 04 ނޮވެންބަރު 2015ވާ ބުދަ ދުވަހުގެ 11:00ގައި މިމަދަރުސާގައެވެ. މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގައި ހާޒިރުނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުން އޮންނާނީ 16 ނޮވެންބަރު 2015ވާ ހޯމަ ދުވަހުގެ 11:00ގައި ނޭކުރެންދޫ މަދަރުސާގައެވެ. މިގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލައި މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

08 މުޙައްރަމް 1437

21 އޮކްޓޫބަރު 2015
ހޯދާ