ދިވެހިރާއްޖެ
ތިރީގައި ފާހަގަ ކުރެވިފައިވާ ރުއްތަކުގެ ސަބަބުން އެސަރަޙައްދު ތަކުގައިހުރި ގެ ތަކާއި، މުވައްސަސާތަކަށް ގެއްލުންތަކެއް ކުރިމަތިވަމުންދާތީއާއި، ބައެއްފަހަރު ވައިގަދަވެ ރުއް ވެޓުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގާފައިވާތީ، ފާހަގަ ކުރެވިފައިވާ ރުއްތައް ކެނޑުމަށްޓަކައި، ބަދަލު ދިނުމަށް ރުއްތަކުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއެވެ. ދެންނެވުނު ސަރަޙައްދުގައި ހުރި ރުއްތަކުގައި ހުންނާނީ މި އިދާރާއިން ރީދޫ ކުލައިގެ ދަވާދުން ރަސްގެ އަޅައި ނަންބަރުޖަހާފައެވެ.
ރުއް ހުރި ސަރަޙައްދު |
ޖަހާފައިވާ ނަންބަރު |
|
ރީދޫކުލަ 1،2،3،4،5،6،7،8،9،10،11 |
ވީމާ، މި ރުއްތަކުގެ ވެރިން އެއީ ކޮންފަރާތެއްގެ ރުކެއްކަން އެނގޭގޮތަށް ރުކުގައި ނަންލުމަށްފަހު، އެރުކެއްގެ ނަންބަރު އެނގޭގޮތައް ސިޓީއަކުން އެ މަޢުލޫމާތު 16 އޮކްޓޯބަރު 2025 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މި އިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ. މި މުއްދަތުގައި މަޢުލޫމާތު ލިބިފައިނުވާނަމަ ވެރިޔަކު ނެތް ކަމަށް ބަލައި ރުއް ކެނޑުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.