އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.އަތޮޅު ކައުންސިލް އިދާރާއަށް، މިނީޕީސީ، ކޮމްޕިއުޓަރމޮނިޓަރ، ޓެބްލެޓް، ލެޕްޓޮޕް، ޓްރައިޕޮޑް ހޯދުން

  1. މި އިދާރާއަށް 3 މިނީ ޕީ.ސީ، 5 ކޮމްޕިއުޓަރ މޮނިޓަރ، 1 ޓެބްލެޓާއި، 2 ލެޕްޓޮޕް، 1 ޓްރައިޕޮޑް ހޯދަން ބޭނުންވެ އެވެ. ވީމާ، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ، ދިވެހި ވިޔަފާރިތަކަށެވެ.
  3. އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤްވެރިވާ ފަރާތްތަކުން، 2025 އޮކްޓޫބަރު 13 އިން 2025 އޮކްޓޫބަރު 19 ވަނަ ދުވަހުގެ، 14:00ގެ ކުރިން، [email protected] އަށް "ބިޑް ރަޖިސްޓްރޭޝަން ފޯމް" ހުށަހަޅުއްވައި ރަޖިސްޓްރީވުން އެދެމެވެ. "ބިޑް ރަޖިސްޓްރޭޝަން ފޯމް" އިޢުލާނާ އެޓޭޗްކޮށްފައިވާނެއެވެ. އަދި މިއިދާރާގެ ކައުންޓަރުން ވެސް ފޯމު ލިބިވަޑައިގަންނަވާނެ އެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް، ބިޑްޑޮކިއުމެންޓް ދޫކުރާނެއެވެ.
  4. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން، 2025 އޮކްޓޫބަރު 21 ވަނަ ދުވަހުގެ 14:00ގެ ކުރިން، [email protected] އަށް މެއިލް ކުރައްވައި، ނުވަތަ 6660606 ނަންބަރު ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިކަމާ ގުޅިގެން ދޫކުރެވޭ އެންމެހައި މަޢުލޫމާތު ހޯއްދެވުމަކީ، މަސައްކަތަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ.

5. އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ، 2025 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 13:30އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ އެވެ. އަންދާސީ ހިސާބު ބަލައިގަތުމުގެ ސުންގަޑި ހަމަވުމާ ހަމައަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:30 އަށް އަންދާސީ ހިސާބު މި އިދާރާއިން ބަލައިގަންނާނެ އެވެ.

6. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2025 އޮކްޓޫބަރު 27، ހޯމަ ދުވަހުގެ، 13:40 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ.

7. އަންދާސީ ހިސާބުތައް އިވެލުއޭޓްކޮށް މާކްސްދޭނެގޮތުގެ ތަފްސީލު ބިޑް ޑޮކިއުމެންޓުގައި ހިމެނިފައިވާނެ އެވެ.

13 އޮކްޓޫބަރު 2025
ހޯދާ