މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު ނަންބަރު: 2016/R-69 ގެ ދަށުން ކުރި އިޢުލާން ނަންބަރު: (IUL)88-PS/88/2024/37 (30 މޭ 2024) އަށް ނުވަވަނަ އިސްލާޙު ގެނައުން.

ގަވާއިދު ނަންބަރު: 2016/R-69 (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު) ގެ 3 ވަނަ މާއްދާގެ ދަށުން، ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ކުރެވުނު ނަންބަރު:  (IUL)88-PS/88/2024/37 (30 މޭ 2024) އިޢުލާނަށް ނުވަވަނަ އިސްލާޙު ގެނައީމެވެ.

ނުވަވަނަ އިސްލާޙު:

އިސްވެ ދެންނެވުނު އިޢުލާންގެ ދަށުން ޝާއިޢުކުރެވިފައިވާ ރަށްރަށާއި ފަޅުތަކުގެ ލިސްޓަށް އަންނަނިވި ރަށް އިތުރުކޮށްފައިވާކަން އިޢުލާންކުރީމެވެ. އަދި ދަންނަވަމެވެ. މި ރަށް ތަރައްޤީކުރަންވާނީ ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ  16-1ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައެވެ.

#

ފީޗަރ ކޯޑް

އަތޮޅު

ނަން

ޑިވަލޮޕްމަންޓް މޮޑެލް

ބޮޑުމިން (ހެކްޓަރުން)

އެނދުގެ އަދަދު (އެންމެ މަދުމިން)

1

LD0219

ސ

ހަންކެޑެ

އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު

7.06

1000

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ އީމެއިލް [email protected]  އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.

 
12 އޮކްޓޫބަރު 2025
ހޯދާ