މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
މީޑިއާގެ މަސައްކަތަށް ބޭނުންވާ އިކުއިޕްމެންޓް ސަޕްލައިކޮށް ޑެލިވަރ ކުރުން

މި މިނިސްޓްރީގެ މީޑިއާގެ މަސައްކަތަށް ބޭނުންވާ އިކުއިޕްމެންޓް ސަޕްލައިކޮށް ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

އެހެންކަމުން، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 21 އޮކްޓޯބަރ 2025ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ސްޓަރ ކްލައުޑްސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ .

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3309333 އަދި 3309331 ނަންބަރު ފޯނަށެވެ.

12 އޮކްޓޫބަރު 2025
ހޯދާ