ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ކަނޑައަޅައި މަގުތަކާއި، އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތް

މިއިދާރާއިންދޭ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް، ކައުންސިލުން ކަނޑައަޅައި މަގުތަކާއި، އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި (IUL)263/263/2025/69 ނަންބަރު އިޢުލާނަށް ހުށަހެޅި ބީލަންތަކުގެ އަގު ބަޖެޓަށްވުރެން ބޮޑުވާތީ، އެއިޢުލާން ބާޠިލްކޮށް މިމަސައްކަތް އަލުން އިޢުލާންކުރަމެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 12 އޮކްޓޫބަރ 2025 ން 15 އޮކްޓޫބަރ 2025 ގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 15 އޮކްޓޫބަރ 2025 ގެކުރިން މި އިޢުލާނުގައި ދެވިފައިވާ ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 16 އޮކްޓޫބަރ 2025 ވަނަ ދުވަހުގެ 10:00 ގައި ނެއްލައިދޫ ކައުންސިލް އިދާރާގައެވެ.

މިޕްރޮޖެކްޓާގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ޕްރޮކިއުމަންޓް ޔުނިޓް

  • ނެއްލައިދޫ ކައުންސިލް އިދާރާ / ހދ. ނެއްލައިދޫ
  • ފޯން:  6520041
  • އީމެއިލް: [email protected]

 

                          ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

12 އޮކްޓޫބަރު 2025
ހޯދާ